ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ވެރިކަމުގެ ނިޒާމުގެ ތެރޭގައި އިސް މަގާމުތަކުގައި އުޅޭނީ ގޭންގުތަކުން ބޭނުންވާ މީހުން ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓް އަހްމަދު ސަލީމު (މާޒު ސަލީމު) ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކަންމަތީ ޖަލްސާގައި މާޒް ސަލީމް ވިދާޅުވީ ރައީސް ސޯލިހުގެ ޓީމާއެކު ފެނިގެންދިޔުމުގެ މައިގަނޑު އެއް ސަބަބަކީ އަނިޔާވެރިކަމާއި ދެކޮޅަށް ތެދުވަން މަޖުބޫރުވެގެން ކަމަށެވެ.
ސަލީމު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރު ސިޔާސީ ގޮތުން ތިއްބެވި އިސް ހުރިހާ ލީޑަރުން ޖަލަށްލި ކަމަށެވެ. އެހެންކަމުން އެފަދަ އަނިޔާވެރި ވެރިކަމެއް އެނބުރި އައުމަށް ނޭދޭތީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ހޮވުމަށްޓަކައި ކުރަންޖެހޭ ކަމެއް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ސަލީމު ތުހުމަތު ކުރެއްވި ގޮތުގައި އިދިކޮޅު ކެމްޕޭނަށް ހަރަދުވެސް ކުރަނީ ގޭންގުތަކެކެވެ. ނަމަވެސް ރައީސް ސޯލިހަކީ ގޭންގުތަކުގެ ކިބައިން ގައުމު ސަލާމަތް ކުރައްވާނެ ލީޑަރު ކަމުގައިވެސް ވިދާޅުވި އެވެ.
އިދިކޮޅު ވެރިކަމުގެ ނިޒާމުގެ ތެރެއަށް ގޭންގްތައް ފައި ހިއްޕާލާނެ: މާޒް ސަލީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ