ޔޫއެސް އޯޕަން ކަޕްގެ ފައިނަލްގައި 2-1 ގެ ނަތީޖާއަކުން އިންޓަ މިއާމީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހިއުސްޓަން ޑައިނަމޯ ހޯދައިފި އެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން މެސީ އާއި ނުލައި އިންޓަ މިއާމީ އިން ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ހިއުސްޓަން ޑައިނަމޯ އިންނެވެ. އަދި މިހާފުގައި އެޓީމުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އިރު، މިމެޗުގައި އެޓީމުން ލީޑު ހޯދީ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމެރިކާގެ މިޑްފީލްޑަރު ގްރިފިން ޑޯސޭ އެވެ. މިއީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އާޓުއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ ގޯލްގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިމެޗުގައި ހިއުސްޓަން ޑައިނަމޯ އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ މޮރޮކޯގެ މިޑްފީލްޑަރު އަމީން ބަސީ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ހިއުސްޓަން ޑައިނަމޯ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އިންޓަ މިއާމީ އިން ފެށީ ދެ ބަދަލާއެކުގައެވެ. އަދި މިހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށް ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
މިހާފުގައި ހިއުސްޓަން ޑައިނަމޯގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ އިރު، ފަހުހާފުގެ 73 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
މިމެޗުގައި އިންޓަ މިއާމީ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ވެނަޒުއޭލާގެ ފޯވާޑް ޖޯސެފް މާޓިނޭޒް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ހިއުސްޓަން ޑައިނަމޯ ކުރީގައި އޮވެގެންނެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އިންޓަ މިއާމީ ބަލިކޮށް ޔޫއެސް އޯޕަން ކަޕްގެ ޗެމްޕިއަންކަން ހިއުސްޓަން ޑައިނަމޯ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ