އީވާގެ އިއުލާނު ކުރުމާ ދެކޮޅަށް މިއަދު ހަވީރު އިތުރު ޖަލްސާ އެެއް ބާއްވަނީ

މަޖިލީހުގެ އިދާރާ އިން ދެންމެ އާންމު ކުރި މިއަދުގެ ހަވީރުގެ ޖަލްސާގެ އެޖެންޑާ ގައި ވެސް ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް ފުރިހަމައަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލާފައި ވަނިކޮށް މިއަދު ހަވީރު އިތުރު ޖަލްސާ އެއް ބާއްވަން މަޖިލީހުގެ އިދާރާ އިން ނިންމައިފި އެވެ.
މިއަދަށް ދެ ޖަލްސާ އެއް ބޭއްވުމަށް އެޖެންޑާ ކުރި އެވެ. ފުރަތަމަ އޮތީ ސަޕްލިމަންޓަރީ ބަޖެޓާއި 2024 ވަނަ އަހަރުގެ ބަޖެޓް ހުށައެޅުމަށް ހާއްސަ ޖަލްސާ އެކެވެ. ނަމަވެސް މިނިސްޓަރު އަމީރު އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ބޭއްވޭ ގޮތް ނުވީ އެވެ. ދެވަަނަ ޖަލްސާ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުގެ މައްސަލައާ ގުޅިގެން ގޮތް ނިންމަން ހާއްސަ ކުރި ޖަލްސާ އެކެވެ.މަޖިލީހުގެ އިދާރާ އިން ދެންމެ އާންމު ކުރި މިއަދުގެ ހަވީރުގެ ޖަލްސާގެ އެޖެންޑާ ގައި ވެސް ރައީސް ނަޝީދުގެ އިތުބާރުގެ މައްސަލަ ކުރިއަށް ގެންދެވުމެވެ. (ތަފްސީލް އަންނަނީ)
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ