ތައުޒިޔާ ދެންނެވުމަށް ގަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު އަވަހާރަވީ  އުމުރުން 74 އަހަރުފުޅުގައި އާދިއްތަ ދުވަހު އެވެ.
ތަފްސީލް - ގަތަރުގެ ޝާހީ އާއިލާއަށް އިހުތިރާމު އަދާކުރައްވާ، ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް ވަޑައިގަތީ އިއްޔެ އެވެ.
ރައީސްގެ ދަތުރުފުޅުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލްތާނީ ވަނީ އެ މަނިކުފާނާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޝެއިހް ހަމަދު އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވައިފަ އެވެ. އެގޮތުން:
އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު އޮން ގާތް ގުޅުމާ މެދު މަޝްވަރާކުރެއްވި
ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒުގެ މި ދަތުރުފުޅުން ރާއްޖެ އާއި ގަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގުޅުމަށް ރާއްޖެއިން ދޭ  އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ ކަމަށެވެ.
ފާހަގަ ކުރެވޭ - ގަތަރުގެ ކުރީގެ އަމީރު، ޝެއިހް ހަމަދު ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ދެއްވައިފަ އެވެ.
މީގެ ތެރޭގައި:
ރާއްޖެއަަށް ގަތަރު އެއާވޭސްގެ ދަތުރުތައް ފެށުން
ލ. އަތޮޅުގައި ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލު ގާއިމް ކުރުން
ހުޅުމާލޭގައި މަސްޖިދުއްޝައިހް ގާސިމް ބިން އަލް ތާނީ ބިނާކުރުން
ގަތަރުގެ އަމީރުކަމުގެ މަގާމުގައި ހުންނެވިއިރު އެމަނިކުފާނު ވަނީ، 2005 ވަނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި
ރާއްޖެ އާއި ގަތަރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 26 މެއި 1984ގަ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ