މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 19) - މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ފްރާންސް ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ޑިޑިއޭ ޑެޝޯމްޕްސް، އޭނާ ނެތި ވެސް އެ ޓީމު އިތުރަށް ކުރިއަރާނެ ކަމަށް ބުނެފި އެވެ.
ޑެޝޯމްޕްސް، ފްރާންސަށް ކޯޗުކޮށްދިން ފަހު މެޗަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޮވި މެޗެވެ. އެ މެޗުގައި ރޭ ފްރާންސް ވަނީ 6-4 އިން އިންގްލެންޑް އަތުން ބަލިވެފަ އެވެ.
Villa College
MU STORE
MU STORE
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ގޮތުގައި މުބާރާތަށް އައި ފްރާންސް ކެޓީ ސެމީ ފައިނަލުގައި ސްޕެއިން އަތުން 2-0 އިން ބަލިވުމުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން މަންމަ މަރުވުމުގެ ހިތްދަތިކަމާ ވެސް ކުރިމަތިލާން ޖެހުނު ޑެޝޯމްޕްސް ބުނީ، ޖުމްލަ ގޮތެއްގައި ކުޅުންތެރިންނާއި ސްޓާފުންނާ އެކު، ކުރެވުނީ ރަނގަޅު މަސައްކަތެއް ކަމަށެވެ. އެކަމަކު، ކަނޑައެޅި ޓާގެޓްތަކަށް ވާސިލްވުމަށް ބަލާއިރު، މިއީ ނަތީޖާ ރަނގަޅު މުބާރާތެއްގެ ގޮތުގައި ނުދެކޭ ކަމަށް ވެސް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.
"މުބާރާތަށް ތައްޔާރުވުމާއި، އެކުގައި މުބާރާތް ކުޅެން މި ހޭދަވި އަށް ހަފްތާ ވަރަށް ބަދަހިކޮށް ދިޔައީ. ދެން، ކުޅުމުގެ ކަންކަމަށް ބަލާއިރު ޕޮޒިޓިވްކޮށް ގިނަ ކަންކަން ދިޔަ. އަހަރެމެން ފެއިލްވީ ސްޕެއިނާ ދެކޮޅަށް. އެއީ، އެ މީހުން ކުޅުނީ އަހަރެމެންނަށް ވުރެން މާ ރަނގަޅު ފުޓްބޯޅައެއް ކަމަށްވީމަ،" 57 އަހަރުގެ ޑެޝޯމްޕްސް ބުންޏެވެ.
"މި ޓީމުގައި އެބަތިބި ހުނަރުވެރި ޒުވާން ރަނގަޅު ކުޅުންތެރިން. އެ ކުޅުންތެރިންގެ ޑިވެލޮޕްމަންޓް ކުރިއަށްދާނެ. ދެން، ފްރާންސްގައި ހުނަރުވެރި ކުޅުންތެރިން ގައުމީ ޓީމަށް އައުން މަޑުޖެހުމެއް ނާންނާނެ ކަމަށް މި ދެކެނީ، އޭގެ މާނަ އަކީ އަހަރެން ނެތަސް، މި ޓީމު ދާނީ ކުރިއަށޭ،" 14 އަހަރަށް ފަހު ފްރާންސް ދޫކޮށްލާ ޑެޝޯމްޕްސް ބުންޏެވެ.
ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން، ޑެޝޯމްޕްސް އަކީ، 2018 ވަނަ އަހަރު އެ ޓީމުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ކޯޗެވެ. ފްރާންސަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް ހޯދައިދިން ޑެޝޯމްޕްސް އަށް ފަހު، އެ ޓީމުގެ ކޯޗަކަށް އަންނަނީ، ކުރިން ފްރާންސަށް މޮޅު ކުޅުމެއް ދެއްކި ޒިނެދިން ޒިދާން އެވެ.
ޑެޝޯމްޕްސްގެ ކޯޗުކަމުގައި ފްރާންސުން 187 މެޗަށް ނުކުތްއިރު، 122 މެޗުން މޮޅުވި އެވެ. އަދި، 33 މެޗުން ބަލިވިއިރު، 32 މެޗުން އެއްވަރުވި އެވެ. ވޯލްޑް ކަޕްގެ އިތުރުން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދި އެވެ. އަދި، 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ފައިނަލުގައި ވެސް ކުޅެފައިވެ އެވެ.
ޑެޝޯމްޕްސް ބުނީ އޭނަ ނެތަސް ފްރާންސް ޓީމު ދާނީ ކުރިއަށް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ