ބީރައްޓެހި 132

"އެހެންމީހުން އުފާކޮށްދިނުމުން ތިމާގެ ހިތަށްވެސް އުފާވެރިކަން އިހުސާސްކުރެވޭނެއެވެ. ހިނިތުންވެލުމަކީވެސް އެހެން މީހުންނަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ." *** " ބިޓް ކްރިޕީ އޯލްޑީ އެއް ދޯ.....ކުޑަކޮށް ހުންނާނެ އެކަހަލަ މީހުންގެ ނުބައި ފާޑެއްވެސް... ސަލީބުގައި އެހާ ބާރަށް ހިފަހައްޓައިގެން... މިތާ ކައިރީ ޗާޗުގަ ވެސް މި މީހާ އުޅޭ ކަމަށް ވަނީ. ކްރިސްޓިއަނެއް އެކަމަކު............." އޭނަ އަވަހަށް ގޭގެ ދޮރު ލައްޕާލާފައި އުރުޖުވާންގެ އަތުގައި ހިފައިގެންގޮސް ސޯފާގައި އިށީނެވެ. " ހްމް ދޯ...އެކަމު މިއަދު މިރެލް ގެ މިޒާޖުވެސް ހާދަ ތަފާތޭ....ވާހަކައެއް ވެސް ދައްކާނުލާ...ވަރަށް މަޑު މަޑުން...." އުރުޖުވާން ކަންބޮޑުވިއެވެ. " ދެޓސް ކޮޒް ވީ ކޭމް ހިއާ ވިތައުޓް ހާ....ކުޑަކޮށް ޖެލަސްވެފަ ..." މާޒިމް ސަމާސާ ކޮށްލިއެވެ. އުރުޖުވާން ގަދަކަމުން ހީލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް އޮތެވެ. އަވަހަށް ގެއަށް ދާން ބޭނުންވިއެވެ. އެ ދައިތަ ގެނައި ކެއުން މީރު ނަމަވެސް އުރުޖުވާން އަށް ކެވުނީ ވަރަށް މަދުންނެވެ. އޭނާއަށް މިއަދު އެ ފެނުނު ކުޑަ ކުއްޖާއާއި މެދު ޚިޔާލު ކުރެވެމުން ދިޔައެވެ. އެއީ ވަހުމެއް ނޫނެވެ. އޭނާގެ ލޮލަށް ފެނުނު ހަގީގަތެއްކަން ޔަގީނެވެ. އެއީ އިންސާނެއްނަމަ އެގޮތަށް ކުއްލިއަކަށް ލޯމަތިން ގެއްލެންވީ ސަބަބެއްވެސް ނެތެވެ. މިރެލް އަށް ކަމެއް ގޯސްކޮށް ވެދާނެ އޭ ހިތް ބުނަން ފެށިއެވެ. " އުރޫޖް.....ޔޯ ފޯން އިޒް ރިންގިންގް....މިރެލް ކަންނޭނގޭ...ނަގާބަ އަވަހަށް..." މާޒިމް ކޮފީތަށްޓެއް އަޅަން ހުރެފައި އުރުޖުވާންއަށް ގޮވައިލިއެވެ. އޭނަ ތަށިތައް ސިންކަށް ލާން ހުރެފައި އައިސް އަވަހަށް ފޯނުނެގުމާއެކު ފެނުނީ މިރެލްގެ ލޯބި ލޯބި ހިނިތުންވުމެވެ. ދަތްޕިލަ އެކީހެން ދައްކާލައިގެންނެވެ. އޭނަގެ ހިތް ގަނޑުފެނުން ބޮނޑިތާންވިފަދައެވެ. " ގުޑްނައިޓް މޯމް އެންޑް ޑޭޑް....." މިރެލް ގެ ލޯ ވީ ދިއްލިފައެވެ. ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނަގެ ހިތް ލޯބިން ފުރުނެވެ. " ދެން......ހާދަ ލޯބި އޭ މަންމިގެ މިރެލް....މެހެކް އާންޓީ މިހިރީ އާ ހެއާސްޓައިލް ކޮށްފަ ދޯ....އައި ކޭން ސްމެލް ޔޫ ތްރޫ ދަ ސްކްރީން...." އޭނަ ލޯ މަރައިލަމުން އެތެރެއަށް ނޭވާއެއް ލިއެވެ. " ސްމްލެ؟ރިއަލީ؟އައި ކާންޓް ސްމެލް ޔޫ....އޯ މޭއިބީ އައި ޑޫ...ރޯސްޓް ޗިކެން" މިރެލް ސްކްރީނުގެ އެކި ދިމާލަށް ބަލަމުން ދިޔައެވެ. އުރުޖުވާން މުޅި އެގޭގެ ޓުވާ އެއް ދިނުމުން މިރެލް ވެސް އެނދުން ފައިބައިގެން ދިޔައީ ގޭތެރެ ދައްކާލުމަށެވެ. ގެއަށް ގެނެސް ހުރި އާ ފަރުނީޗަރާއި އެކު މުޅި ގެ ހީވަނީ އާ ތަނެއް ހެންނެވެ. މިރެލް ފޯނު ހިފައިގެން ދުވެ ހަދާ އިރު މަދީނާ ނޫން އެންމެން ފެނުނެވެ. "ހާދަ އާ ކޮށްލީ ގޭތެރެ.ކޮން ކަމެއް އޮތީ؟...ރޯދަ ވެސް ނިމިއްޖެ އެއްނު..." މާޒިމް އަހައިލިއެވެ. ސޯފާގައި ތިބި ނާޝިދުއާއި އެންމެންގެ މޫނުމަތިން ހާސްކަން ފާޅުވިއެވެ. މާޒިމް އަށް ހީވީ އޭނާ އަހަން ނުޖެހޭ ސުވާލެއް ކޮށްލެވުނީހެންނެވެ. " ރިއަލީ ޑޭޑް....އިޓްސް ފޯ އާންޓް ވެޑިން.....އައިމް ގޮއިން ޓު ބީ އަ ބިއުޓިފުލް ޕްރިންސެސް ޓޫ...." މިރެލް ޖޯޝާއެކު ބުނެލުމާއެކު މާޒިމް އަށް ބަލާލެވުނީ އުރުޖުވާން އަށެވެ. އުރުޖުވާން މަޑުން ބޯ ޖަހާލިއެވެ. އޭނާ އަށް ގަބޫލުވެސް ނުކުރެވުނެވެ. އޭނަ އަށް އިހުސާސް ކުރެވުނީ ބާކީ ވެފައިވާ ކަމުގައެވެ. " މިއީ މަދީނާގެ ކައިވެންޏަށް....މިކާއިލް މެން އަންން ދުވަހަކަށް ރެޑީ ކޮށްލަނީ...ދަރިފުޅު މެން އައީމަ..." ނާޝިދު ވެސް ކުޑަކޮށް ޖެހިލުންވެފައިވާ ގޮތަކަށް ބުނެލިއެވެ. މާޒިމް އަށް ބުނާނެ އެއްޗެއް ނޭގުނެވެ. އުރުޖުވާންއަށް އެ މަޖުބޫރު ހިނިތުންވުން ފެނުމުން ދެރަވިއެވެ. މާޒިމް ކައިރީ ބުނެލަން އެންމެނަށް ފަސްޖެހޭތީއެވެ. ދުރުކޮށްލާފައިވާތީއެވެ. "ކޮބާ އާންޓް؟" އުރުޖުވާން އަހައިލުމާއެކު މިރެލް ލޯ އަޅާލިއެވެ. މަދީނާ ގެ ވާހަކަ ދައްކަން ބޭނުންނުވާކަން އެ އަމަލުން ދައްކުވައިދިނެވެ. " ލުކް....ހިއާ އިޒް އަންކަލް....ޑޭޑް...ޓެލް ހިމް ޓު ބްރިންގް ލޭލާ ހިއާ ފޮއެވާ....ޝީ އިޒް ސޯ ބިއުޓިފުލް...." މިރެލްފަދަ ކުޑަކުއްޖަކުވެސް އެގޮތަށް ދިމާކޮށްލުމުން ކެނާންގެ މޫނު ރަތްވިއެވެ. އެންމެނަށް ހެވުނެވެ. " ކޮބާ ކެނާން....ހީވޭ ކަމެއްހެން..." ހުޝަލްވެސް ބައިވެރިވެލިއެވެ. މިރެލް ފޯނު ކެނާންއާއި ދިމާއަށް ދިއްކޮށްލިއެވެ. އެންމެން ހޭންފެށުމުން މިރެލް ރުޅި އަންނަގޮތްވިއެވެ. " އައިމް ސީރިއަސް....." މިރެލް ބޮޑާ ހާކާފަނެތީ އެންމެންވެސް މާފަށް އެދުމުން އުރުޖުވާން ގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. "ކޮބާ ދެން އަވަހަށް ނިދާލަ މަންމަގެ ލޯބި މިރެލް...ލަވް ޔޫ......ސްވީޓް ޑްރީމްސް..." މިރެލް ސްކްރީނާއި މޫނު ގާތްކޮށްލިއެވެެ. " އައި ހޯޕް ޔޫ ސީ ޑްރީމްސް ޓޫ...." މިރެލްގެ އަޑު ތަންކޮޅެއް ބަރުވިއެވެ. ހަރު މީހަކު ވާހަކަދައްކާފަދައިންނެވެ. އުރުޖުވާން އަށް ހެވުނެވެ. މާޒިމް ވެސް ޗުސް ކަނޑާލިއެވެ. "ދަރިފުޅު ކިހިނެއް އަޑު ބަދަލުކޮށްލަނީ؟" "ޝްޝްޝް......"މިރެލް ފޯނު ކަނޑައިލުމުން ސްކްރީން އަނދިރިވެގެން ދިޔައެވެ. އުރުޖުވާން އެނދުގައި އިށީދެފައި އެއްފަރާތުގައި ފޯނު ބޭއްވިއެވެ. މާޒިމް ކުޑަދޮރުގައި ތަންޑު އަޅުވާފައި އައިސް އެނދުގައި އޮށޯތްގޮތަށް ނިތުގައި އަތް ބޭއްވިއެވެ. ތަނަށް ވެރިވި ހިމޭންކަމުގެ ތެރޭގައި އިވެމުން ދިޔައީ ހަމައެކަނި ޖެހޭ ވައިރޯޅިތަކުގެ އަޑެވެ. "ކޮން ވިސްނުމެއްގައި މާޒް؟" އުރުޖުވާން އަހައިލިއެވެ. މަދީނާ ގެ ކައިވެނި ހަމަޖެހިގެން ދިޔައިރުވެސް އަންގާނުލީމަ ހިތްހަމަނުޖެހޭނެ ނޫންހެއްޔެވެ؟ "މަދީނާ އަށް ގުޅާލަންވީނު..."އޭނަ މާޒިމްގެ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލިއެވެ. އެ ހިތުތެރޭގައިވާ އިހުސާސްތައް އޭނާ އަށް އެނގުނު ފަދައެވެ. މާޒިމް ހިނިތުންވެލާފައި އޭނަގެ ކޮނޑުގައި ބޯ އަޅާލިއެވެ. " ދިސް ފީލްސް ނައިސް....ވަރަށް ސްލީޕީ...." އިސްތަށިގަނޑާއި ކުޅެލުމުން ހަގީގަތުގައިވެސް މާޒިމް ގެ ލޮލަށް ނިދީގެ އަސަރު ވެރިވެގަތެވެ. އެ މައުޟޫއަށް ވާހަކަދެއްކުމަށް އުޒުރުވެރިވެގަތްގޮތުން އެކަމަށް ބާރު އަޅަން އޭނަވެސް ބޭނުމެއްނުވިއެވެ. *** އިރުގެ އަލިކަން ގަހުގެ ރަނާއި ރަތް އަދި އޮރެންޖް ކުލައިގެ ފަތްތަތަކާއި ކުޅެމުންދާ މަންޒަރު ޖާދޫއެއްފަދައެވެ. މި ހިސާބުގައި ދުނިޔެ ހީވަނީ ވަރަށް މަޑުމައިތިރި ތަނެއްހެންނެވެ. ހޫނުކަމާއި ރައްކާތެރިކަން އިހުސާސްވެއެވެ. ކުއްލިއަކަށް އެތަނަށް ބޮޑު ހިޔަންޏެއްހެން ފެތުރިގެން ދިޔަ އަނދިރިކަމުން އަލިކަން އެއްކޮށްހެން ނައްތާލައިފިއެވެ. އެއާއެކު ގަސްތައް ހަލުވައިގަތްގޮތުން ތޫފާނެއްގެ ވައި އައިފަދައެވެ. އެ ހިތްގައިމު ދުނިޔެ ކުއްލިއަކަށް ބިރުވެރިކަމުން ފުރިފައިވާ ޖަންގައްޔަކަށް ބަދަލުވާން ނެގީ ސިކުންތުކޮޅެކެވެ. ދޫނިތައް އައި ނައި ދިމާލެއް ނޭގި އެހިސާބުގައިވި ގަސްތައް ފުރައިލިއެވެ. އެ ތަކެތީގެ ފިޔަތަކުން ވައި ކަނޑަމުންދިޔަ އަޑުވެސް ބިރުވެރިއެވެ. މިރެލްގެ ކުދި ފިޔަވަޅުތައް ހުއްޓުން އެރިއެވެ. ގަނޑުވެފައި ބަލަން ހުރީ ވާނުވާ ނޭގިގެންނެވެ. އަލިކަން ނުފޯރާ ގަސްތަކުގެ ވަށައިގެން، އަނދިރި ސޫރައެއް ފާޅުވިއެވެ. މުޅިން ކަޅުކުލައިގެ ހެދުމުގައެވެ. ހަށިގަނޑުގައި ތަތްވެފައިވާ ފޭރާންވެސް ފެންނަނީ ތެތް ހަންގަޑެއްހެންނެވެ. ބިރުވެރި އަތް އުފުލައިލިއިރު އެވެސް ކަށިފަޅާފައިވާފަދައެވެ. އޭތި ވުޖޫދަށް އައުމާއެކު ވައި ހިނދިއްޖެއެވެ. އެ ސޫރަ އިޝާރާތްކޮށްލީ ފަހަތުން އައުމަށެވެ މިރެލް ފުރަތަމަ ހަރަކާތެއް ނުކުރިއެވެ. އެކަމަކު ދެން، މަޑުމަޑުން، އޭނާ ބޯ އަނބުރާލިއެވެ. ބިރުވެރިކަމެއްނެތި، ޖެހިލުންވުމެއްނެތި ބަސްއަހައިގެންނެވެ. އެއީ ކުރިއްސެުރެ ދެނެ ފަރިތަ ސޫރައެއް ފަދައެވެ. އެ އެއްޗަކަށް އިތުބާރުކުރާވެސް ކުރާ ކަހަލަ ގޮތަކަށެވެ. ދުރުދުރުން އިވެން ފެށި ގުގުރުމުގެ އަޑު ކައިރިވިއެވެ. އެސޫރަވެސް ދުރުގައި ފިޔަވަޅު އަޅަންފެށިއެވެ. ގާތަށް ގެނައުމަށް މަގުދައްކަމުންނެވެ. މިރެލް ހިނގަމުން ދިޔައީ މަޑުމަޑުންނެވެ. އޭނާގެ ކުދިކުދި ފައިތިލަ ތެތް ވިނަމަތީގައި ޖެހިލާއިރު، އެއްވެސް އަޑެއް ނީވެއެވެ .އޭނާ ކޯރު ކައިރިއަށް ދިޔައިރު ކޮންމެވެސް ވަރަކަށް ޖެހިލުންވިކަން އެނގުނެވެ. ކުރިމަތީގައިވާ ފެނުގެ އަޑު މިހާރު އިތުރަށް ގަދަވެ، އޭގެ ރާޅުތައް ދިރުންހުރި އެއްޗެއްހެން ތެޅެމުންދެއެވެ. އޭނާގެ ކުޑަކުޑަ ހަށިގަނޑުގެ ސޫރަ ފެންގަނޑުގެ ތެރެއިން ފެންނަން ހުއްޓެވެ. ނުފެންނަ އަތްތަކަކުން ދަމާލާފައިވާ ފަދައިން ވައިގައި އޭނަގެ އިސްތަށިގަނޑު ހޫރެމުން ދިޔައެވެ. މިރެލް މޫނު ފެންނަވަރަށް އެނބުރުނެވެ. " އައި ހޭވް ޓު ގޯ...." މިރެލްގެ އެ ޖުމްލައާއިއެކު ވައި އަނެއްކާވެސް މަޑުވެލިއެވެ.. އަދި އެދިމާލުން ހިޔަންޏެއް ފާޅުވިއެވެ. އެއާއެކު އެހިޔަނީގެ މޫނު ހުރި ދިމާލުން ފަރަހްގެ ސޫރަ ފައުޅުވާންފެށިއެވެ. އެ ފުން ވަޅުގަނޑެއް ކަހަލަ ދެލޮލާއި ނުލަފާ ހިންޏެކެވެ. އޭނާގެ ހިކިފައިވާ އިނގިލިތައް މައްޗަށް ނެގިއެވެ. އެއާއެކު މިރެލްގެ އަތުގައި ހިފާ ކުރިއަށް ދަމައިގަނެގެން ފެންގަނޑަށް ފުންމާލިއެވެ. ފެނުގައި ޖެހުނު އަޑު އިވުނީ ބިމުގެ އަޑިން އައި ބާރުގަދަ ގުގުރުމެއްހެންނެވެ. އެއާއެކު ބިންގަނޑުވެސް ހެލިގަތެވެ. ކަޅުކޯރު އެ ފުރާނަ ދިރުވައިލިފަދައެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ