ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާތައް ކުރިއަށް ގެންދަނީ ކޮންމެހެން މިސަރުކާރަށް ދެކޮޅު ހެދުމަށް ނޫންކަމަށާއި ސަރުކާރުތަކުން މައްސަލަތައް ބެލުމުގައި އިހްމާލުވެ މައްސަލަތައް ނުބެލާތީ އެކަމަށް ޙައްލު ހޯދަން ކަމަށް މުޒާހަރާކުރާ ޒުވާނުންގެ ފަރާތުން ބުނެފިއެވެ. އަދި ސަރުކާރުން ކޮންމެވެސް މިންވަރަކަށް ކަންކަން ބަލައިގަނެ ފިޔަވަޅުއަލަމުން ގެންދާތީ އެކަމަށް ތައްރީފްކުރާކަންވެސް ފާހަގަކޮށްފިއެވެ.
މުޒާހަރާތަކަށް ސިޔާސީ ގޮތުންނާއި އެހެންވެސް ގޮތްގޮތުން އަތްބާނަން މަސައްކަތްކުރާ ކަމަށާއި އެކަމަށް ފުރުޞަތުނުދޭނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
މުޒާހަރާގައި ބޭނުންކުރާނެ ޕޯސްޓަރު އެމްޑީޕީގެ ހަރުގޭގައި ތައްޔާރުކުރާ ފޮޓޯތަކެއް މިހާރުވެސް ވަނީ ޢާންމުވެފައެވެ.
ޒުވާނުންގެ ބަސް:
އައްސަލާމް އަލައިކުން
އަޅުގަނޑުމެންނަކީ މާލޭގައި މިހާރު ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތެރޭގަ އިސްކޮށް ހަރަކާތްތެރިވާ ދެމީހުން. އަޅުގަނޑުމެން އަސްލު މިއަދު މިއައީ މެސެޖެއް ޕާސް ކޮށްލަދޭން ހުރިހާ އެންމެނަށްވެސް.
އެއީ މި ކުރާ މުޒާހަރާތަކަކީ އެއްވެސް ވަރަކަށް ސިޔާސީ ކަމަކާ ގުޅިގެން ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ އެއްވެސް އެއްޗެއް ނޫން. މީކީ އެކި ތަންތަނުން އެކި ތަންތާ މަސެއްކަތް ކުރާ ޒުވާނުން، ކުރިން ރެއަކު ވެއްޓިފައޮތް އަންހެނަކަށްޓަކާ އޭނައަށް އިންސާފު ހޯދައިދިނުމަށްޓަކާ ކުރަމުންދާ މުޒާހަރާއެއް.
އަދި މީގަ އަޅުގަނޑުމެންގެ މައިގަނޑު މަޤްޞަދަކީ ޕޮލިސް އިންޓަގްރިޓީއާއި ތަންތަން އެކައުންޓެބަލް ކުރުން. މީގަ ދޮގުހަދާ އޮޅުވައިލައިގެން މަސެއްކަތްކޮށްފަ ހުރި ހުރިހާ ދޮގުތަކާއި އެއްޗިހި އަޅުގަނޑުމެންގެ ކުރިމައްޗަށް އާންމު ކުރުން ނުވަތަ ޓްރާންސްޕޭރެންޓްކޮށް ހުޅުވާލަ ދިނުން.
ދެން އަޅުގަނޑު ބުނެލަން އޮތީ މީގެ ތެރެއަށް ނުފޫޒު ފޯރުވަން ވަރަށްބައިވަރު މީހުން ހައިޖެކް ކުރުމުގެ ޗާންސްވެސް އަޅުގަނޑުމެންނަށް ދިން. އެކަމުވެސް އަޅުގަނޑުމެން ކޮންމެ ރެއަކު އެ ކަންތައްތަކަށް ޓެކްލް ކުރަމުން، މީގެ ތެރެއަށް އެއްވެސް ޕޮލިޓިކަލް އިންފުލޫއެންސް އެއް ނުވަދެ ހަމަ މި ކުރިއަށް ގެންދަނީ. އޭގެ މާނައަކީ ކުރިއަށް އޮތް ތާންގައިވެސް ހަމަ އަންނާނެ. އެއީ މިކަހަލަ ކަމެއް ވީމަ. އެކަމުވެސް ހަމަ އަޅުގަނޑުމެން ދާނީ ހަމަ ކުރިއަށް ޒުވާނުންތަކެއް އެކުވެގެން އެއްވެސް އިންފުލޫއެންސްއަކާއި ނުލައި ކުރިއަށް.
އާދެ، އަޅުގަނޑުމެން އަދި އިތުރު އެއްޗެކޭ ބުނެލަން ބޭނުން. މިއީ އެއްވެސް ގޭންގެއް، އެއްވެސް ޕާޓީއެއް، އެއްވެސް ކަމެއް އަޅުގަނޑުމެންނަށް ފޯސް ކޮށްގެން ކުރާކަމެއް ނޫން އިންގޭތޯ. އަޅުގަނޑުމެން ޔޫތުން، ޒުވާނުންގެ މެދުގަ އިސްނަގައިގެން އަޅުގަނޑުމެން މި ކަންތައް ކުރަނީ. ވަރަށް ބައިވަރު ޕްރެޝަރ އަޅުގަނޑުމެންނަށް އާދޭ ހުރިހާ ކޮޅަކުން. އެކަމު އަޅުގަނޑުމެން މި ދަނީ އެ ހުރިހާ އެއްޗަކަށް ޓެކްލް ކުރަމުން.
އަދި އަޅުގަނޑުމެން ބޭނުން އިތުރު ވާހަކައެއް ބުނެލަން. އަޅުގަނޑުމެން ވަރަށް ޝުކުރު އަދާކުރަން ބޭނުން މިއަދު ރައީސްއަށް، އަޅުގަނޑުމެންގެ ރައީސްއަށް. އެއީ ރައީސް އަޅުގަނޑުމެންގެ ޑިމާންޑްތައް އެބަ މަޑުމަޑުން ފުލްފިލް ކޮށްލަދޭ އެބަ. އެކަމުވެސް އަޅުގަނޑުމެންގެ ޑިމާންޑްތައް އަދިވެސް ހުރީ ބައެއް ކަންތައްތައް. މިސާލަކަށް ކޮމިޝަންވެސް އުފައްދަދީފި ރައީސް. އެކަމު އަޅުގަނޑުމެންނަށް އިތުބާރު ކުރެވޭނެ ކޮމިޝަނެއްތޯއޭ ތިއީ. އެއީ ކުރީ ސަރުކާރުތަކުގަވެސް މިހެން ހަދާފަ އެބަހުރި. އެހެންމަ އަޅުގަނޑުމެން ޝުކުރު އަދާކުރަން ރައީސް އަޅުގަނޑުމެން ދައްކާވާހަކަ އަޑުއަހާތީ އަދި އެއަށް ޢަމަލު ކުރަމުން ދާތ.
އެހެންމަ ފަހު މިނެޓްގަވެސް ބުނެލަން ބޭނުން، އެއްވެސް ސިޔާސީ ޕާޓީއަކުން ނޫނީ އެއްވެސް ހިސާބަކުން އައިއްސަ ކުރަމުންދާ ކަމެއް ނޫނޭ. ނޫނީ އެއްވެސް އޮންލައިން ބޭފުޅެއްގެ ޕާސަނަލް އެޖެންޑާތަކެއް ނޫނޭ މިތާ މި ހިނގަނީކީ. މިތާ މިހިނގަނީ ހަމަ ދިވެހި ދަރިން ގޭގަ ވޒީފާ އަދާކުރަން ތިބޭ މީހުން، ވަޒީފާއަށް ނުގޮސް ރޭގަނޑު މަސެއްކަތް ނުކޮށް އައިސް މިތަނަށް އެއްވެފަ އަޅުގަނޑުނެން މިގޮވަނީ ފެއިލްވެފަ އޮތް ސިސްޓަމެއް ރަނގަޅު ކުރުމަށްޓަކާ. މީކީ ޖަނެރޭޝަންސް އޮފް ޖަނެރޭޝަންގެ ފެއިލިޔާރ މި އަންނަނީ. ވަކި މި ސަރުލކާރެކޭ ނޫން. ކުރިން އައި ސަރުކާރުތަކުގަވެސް ވީ މިހެން. އޭގެ ކުރީ ސަރުކާރުގަވެސް ވީ މިހެން. އެހެންމަ އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންތަކެއް އެއްވެގެން މި ސިސްޓަމް ރަނގަޅު ކުރަން މިއަދު.
- އަހުމަދު އަޝްފާޤް، މުޙައްމަދު އަމީން
ގުޅުންހުރި ވީޑިއޯ:
https://www.facebook.com/watch/?mibextid=wwXIfr&v=1375932553441427&rdid=HaPyMunzRNtocCdc
ޒުވާނުންގެ އަޑުއަހާތީ ސަރުކާރަށް ތައްރީފް! ނުކުމެ މިތިބީ ޒަމާނުންސުރެ ސަރުކާރުތަކުން މައްސަލަތައް ބަލަން އިހްމާލްވަމުން އަންނަ މައްސަލައަށް ޙައްލު ހޯދަން!: ޒުވާނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ