އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓާ މެދު އަދިވެސް ޖޭއެސްސީން ގޮތެއް ނުނިންމާ އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމަންޓާ މެދު އަދިވެސް ޖޭއެސްސީން ގޮތެއް ނުނިންމާ

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެ މަގާމުން ރިޓަޔާ ކުރެއްވުމަށް ހުށަހެޅުއްވިތާ 30 ދުވަސްވީއިރު ވެސް އެ ކަމުގައި ވަކި ގޮތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކި ގޮތެއް ނިންމާފައި ނުވާކަން އެނގިއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން ޖޭއެސްސީއަށް އެންގެވީ މެއި 8، 2025 ގަ އެވެ. އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ޖޭއެސްސީން ގޮތެއް ނުނިމި އޮތީ ރިޓަޔަމަންޓު ޕެކޭޖާ މެދު ވަކި ގޮތެއް ކަނޑައެޅިފައި ނުވާތީ އެވެ.
މުއުތަސިމް ރިޓަޔާ ކުރައްވަން ނިންމެވީ، ދާދި އަވަހަށް ރިޓަޔާ ކުރައްވާނެކަމުގެ އިޝާރާތެއް މިދިޔަ ފެބްރުއަރީ މަހު ދެއްވުމަށް ފަހު އެވެ.
"ހަމަ އެކަށީގެންވާ ކަމެއް މި ހައިސިއްޔަތުން މިފަދަ ޖަލްސާއަކުން ނުފެނުމަކީ ވެސް،" ފެބްރުއަރީ 1، ގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މިއީ ސުޕްރީމް ކޯޓުގައި މުއުތަސިމް ހިދުމަތް ކުރެއްވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހިދުމަތް ކުރެއްވީ އޮގަސްޓު 10، 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވެވަޑައިގެން އުއްތަމަ ފަނޑިޔާރުގެ ހުވާ މުއުތަސިމް ކުރެއްވީ ޑިސެމްބަރު 8، 2019 ގަ އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާ ކުރައްވަން ނިންމިއިރު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ ޖޭއެސްްސީން ހިންގި ގައިރު ގާނޫނީ ތަހުގީގަކަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފަ އެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރިއިރު އަދުލު އިންސާފުގެ ދިފާއުގައި މުއުތަސިމް ތެދުވެވަޑައިނުގަތުމުން ފާޑުކިޔުން ވެސް އަމާޒުވި އެވެ.
މަހާޒް އާއި އަޒްމިރާލްދާގެ މައްޗަށް ކުއްލި ތަހުގީގެއް ޖޭއެސްސީ އިން ހިންގީ، ސިޔާީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅުމުން އެ މައްސަލަ ކޯޓުން ބަލަން ފެށުމުންނެވެ.
އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމީ، ދިފާއުގައި ހުށަހެޅި ހެކިން ބަލައިނުގަތުމަށް ނިންމުމަށްފަހު އެވެ. އަދި މައްސަލަ ނިންމިއިރު، އެ ދެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ހެއްކެއް ވެސް ލިބިފައެއްނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ