އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަޖީހު ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކިކޮށްފިއެވެ.
ވަޖީހް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރިކަން ޕީސީބީ އިން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ވަޖީހު ވަކިކުރި ސަބަބެއް ޕީސީބީ އިން ނުބުނެއެވެ.
ވަޖީހް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރ 28 ގައެވެ.
ވަޖީހް އަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަލްއުސްތާޛު އަޙްމަދު ހިޝާމް ވަޖީހްގެ ބައްޕަ އެވެ. ހިޝާމް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަނބިދަރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ