ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ކޮމިޓީއަށް ހާޒިރުނުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަކިކުރަން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި އަޒްމިރަލްދާ އާއި މަހާޒް އެދިވަޑައިގެންފައި ވަނީ، އެ ބޭފުޅުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އެ ބޭފުޅުންގެ ފަރާތުން ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ވަކީލާއެކު ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތު ދިނުމަށެވެ.
މިއަދު ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމައި ޖޭއެސްސީން ހުށަހެޅި ރިޕޯޓާއި އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ އެއްކޮށް ބެލުމަށް ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރު ހުށަހެޅުއްވުމުން، އެ ހުށަހެޅުއްވުަށް ތާއިދުކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.
ޕީއެންސީއަށް ނިސްބަތްވާ, ހަތް މެންބަރުންގެ ވޯޓާއެކު ވަނީ އެ ފުރުސަތު ނުދިނުމަށް ފާސްކޮށްފައެވެ.
ސުޖޫން އާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީއަށް ފޮނުވައިފި މަގުބޫލު ލިޔުންތައް ބަނޑަށް 9މަސް ފުރިފައިހުރި މާބަނޑު އަނބިމީހާ މަރާލައިފި އައްޑޫ ސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ ފުލުހުންގެ ތަމްރީންގައި އުޅެނިކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ