ކުޑަކުދިންނަށް އެންމެ ގިނައިން ލިބެނީ ޖިންސީ އަނިޔާ

ޖިންސީ އަނިޔާގެ މައްސަލަތަކުގައި 236 ކުއްޖަކަށް އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވެ އެވެ. އެއީ 178 އަންހެން ކުދިންނާއި 58 ފިރިހެން ކުދިންނެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އަނިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ވަނީ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 އަހަރު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ އަނިޔާގެ މައްސަލަތަކުގައި 236 ކުއްޖަކަށް އަނިޔާ ލިބިގެން ރިޕޯޓްކޮށްފައިވެ އެވެ. އެއީ 178 އަންހެން ކުދިންނާއި 58 ފިރިހެން ކުދިންނެވެ.އޭގެ އިތުރުން ކުޑަކުދިންނާ ގުޅޭ އިތުރު މައްސަލަތަކުގެ ތެރޭގައި؛
2022 އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގައި 0.9 ޕަސެންޓާއި 3.3 ޕަސެންޓާ ދެމެދުގެކުޑަކުދިން ދިރިއުޅެނީ ބެލެނިވެރިންނާ ނުލަ އެވެ. އަދި، 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާ އެކު އެވެ.ރާއްޖޭގައި ކުޑަކުދިންގެ އާބާދީއަކީ 134،863 އެވެ. އޭގެ ތެރެއިން ދިވެހި ކުދިންނަކީ 131،154 އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ