އެމަނިކުފާނު ވިދާޅުވީ ތަރައްގީ ގެނައުމުގައި ބޮޑު ރަށެެއް ކުޑަ ރަށެއް ތަފާތެއް އޮންނަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ.
ތަރައްގީގައި ބޮޑު ރަށެެއް ކުޑަ ރަށެއް ތަފާތެއް ނުކުރައްވާނެ ކަމަށާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމު ކުރައްވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހއ ގެ 10 ރަށަކަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅު ގައި ނުވަވަނަ ރަށެއްގެ ގޮތުގައި މިއަދު ހެނދުނު މޮޅަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މޮޅަދޫގެ އާބާދީ މަދުވުމަކީ ހިދުމަތްތަކުން ރައްޔިތުން މަހްރޫމްވާން ޖެހޭ ސަބަބެއް ނޫން ކަމަަށެވެ.އެމަނިކުފާނު ވިދާޅުވީ ތަރައްގީ ގެނައުމުގައި ބޮޑު ރަށެެއް ކުޑަ ރަށެއް ތަފާތެއް އޮންނަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށާ ތަރައްގީގައި ތަފާތު ނުކުރައްވާނެ ކަމަށެވެ."އަޅުގަނޑަށް ހުރިހާ ރައްޔިތުން ހަމަހަމަ،"ރައީސް ވަނީ މޮޅަދޫގެ ތަރައްގީއަަށް މުހިންމު ކަންކަމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.މިއީ ރައީސް މުއިއްޒު މޮޅަދޫއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރައީސް މޮޅަދޫގައި؛ ތަރައްގީގައި ތަފާތެއް ނުކުރާނަން، ހުރިހާ ރައްޔިތުން ހަމަހަމަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ