ރަހީނުކުރުމުގެ އިތުރު ހާދިސާއެއް؛ މި ފަހަރު ދިވެއްސެއް، ތުހުމަތު ގައި މީހަކު ހައްޔަރު

ރަހީނުކުރުމުގެ އިތުރު ހާދިސާއެއް މިއަދު ހިނގާފައިވާ ކަމަށާ އެ މީހާ ސަލާމަތްކޮށް ތުހުމަތު އޮތް މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ އިއްޔެ އެވެ. ފުލުހުން ބުނީ އެ މީހާ ސަލާމަތްކޮށް ކުށުގެ ވެށީން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މީހާގެ ފޮޓޯއާ ވަނަވަރު ވެސް ވަނީ އާންމުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ ފޭދޫ، އުމުރުން 48 އަހަރުގެ އިބްރާހިމް ސައީދު އެވެ.
ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އެއީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ