ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ހިކުމާ އަހްމަދު އައްޔަންކުރައްވައިފި އޭއޯ ރޯދައިގެބަދިގެ: އޯޓްމީލް ޕްރޮޓީން ކުކީސް ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ފެނަކައާއި ހަވާލުކޮށްފި އެމްޑީޕީގެ މުޒާހަރާތަކާ ގުޅިގެން މަންދީ އާއި ޝިއުނާ ފުލުހަށް

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައިސީނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓްރު ޑރ. އަބްދުﷲ ޚަލީލް މިރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އެ ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އަޙްމަދު ސުޒިލްއާއި ޑިރެކްޓަރު ޢާއިޝަތު ޝަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ
މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް، 10ވަނަ ރައިސީނާ ޑައިލޮގްގެ ތެރެއިން ކުރިއަށްދާ ހައި ލެވެލް ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެ ޕެނަލް ޑިސްކަޝަންގެ މައުޝޫއަކީ “ކްލައިމެޓް ކެޓަކްލިޒަމް: ދި އެޑަޕްޓޭޝަން އެޖެންޑާ އިޒް ގޭސްޕިން” ޟީ މައުޟޫއެވެ.
ރައިސީނާ ޑައިލޮގްއަކީ އިންޑިއާގައި ހިންގާ ތިންކްޓޭންކްއެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވާ، ބައިނަލްއަގުވާމީ ސިޔާސަތާއި ސްޓްރެޓެޖިކް މަޝްވަރާތަކަށް ޚާއްޞަކޮށްފައިވާ އެންމެ މަތީ ފަންތީގެ ފޯރަމެވެ.
މިއަހަރުގެ ރައިސީނާ ޑައިލޮގް ކުރިއަށްދާނީ މިމަހުގެ 17 އިން 19 އަށް އިންޑިއާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ