ބޭރުގެ ތިން ގައުމަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރުން ހަމަޖެއްސުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
މި ގައުމުތަކަށް ސަފީރުން ކަނޑައެޅުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
ފުރަތަމަ އިއްވެވި ސިޓީފުޅުގައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ)އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެގެ 14 ވަނަ މާއްދާގައިވާގޮތުގެ މަތިން ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ސ. ހުޅުދޫ އަސަރީގެ، ޝިއުނީން ރަޝީދު ކިންގްޑޮމް އޮފް ބޫޓާންއަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔުނުކުރުމަށް ގަސްދުކުރާތީ، އެބޭފުޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމާމެދު މަޖިލީހުގެ މަޝްވަރާ ހޯދައިދެއްވާ އަންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
ދެން ފޮނުއްވާފައިވާ ސިޓީފުޅުގައި ވަނީ އިތުރު ދެ ގައުމަކަށް ނޮން ރެސިޑެންސް ސަފީރުކަމަށް އައްޔަނުކުރުމަށެވެ.
1. އަލްމަމްލަކަތުލް އަރަބިއްޔަތުލް ސޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މ. ވެސްޓްސައިޑް އަހްމަދު ސަރީރް ސްޓޭޓް އޮފް ކުވައިތަށް ދިެވހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުކަމަށް
2. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.. ސަލްމާ ރަޝީދު. މ ވިލާ ދޮށުގެ ސްވިސް ކޮންފެޑެރޭޝަަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުކަމަށް
މި ސިޓީފުޅުތައް މަޖިލީހުގައި އިއްވެވުމަށްފަހު މި މައްސަލަތައް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.
ތިން ގައުމަކަށް ސަފީރުން ކަނޑައެޅުން ކޮމެޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ