މުރުތައްދު ސަލްމާން ރުޝްދީއަށް 2022 ވަނަ އަހަރު ދިން ހަމަލާގެ މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ. ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި މި ހަމަލާގައި ރުޝްދީ މަރުވެދާނެ ހިސާބަށް ކަންކަން ގޮސްފައިވެއެވެ.
27 އަހަރުގެ ލެބަނީޒް-އެމެރިކަން ރައްޔިތެއް ކަމަށްވާ ހާދީ މަޓަރ އަކީ މި މައްސަލައިގެ ދަޢުވާ ލިބޭ ފަރާތެވެ. އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ މީހަކު މަރާލަން އުޅުމާއި ހަމަލާ ދިނުމުގެ ކުށުގައެވެ. މި މައްސަލައިގެ އަޑުއެހުމަށް އޭނާ ކޯޓަށް ވެއްދިއިރު "ފްރީ ޕެލެސްޓައިން" ގޮވަމުން ދިޔައެވެ.
ޕްރޮސިކިއުޓަރު ބުނާ ގޮތުގައި 2022 ވަނަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހު ނިއުޔޯކްގެ ހުޅަނގުގެ ހޯލެއްގައި ބޭއްވި އާޓްސް އިވެންޓެއްގައި މަޓަރ ވަނީ ރުޝްދީއަށް ވަޅިން ގާތްގަނޑަކަށް 10 ފަހަރު ހަމަލާދީފައެވެ. މި ހަމަލާގެ ސަބަބުން ރުޝްދީގެ ކަނާތު ލޮލުގެ ފެނުން ގެއްލިފައިވެއެވެ.
ރުޝްދީ 1988 ވަނަ އަހަރު ނެރުނު "ދަ ސެޓެނިކް ވާސަސް" ފޮތަކީ އިރާނުން ކުފުރުގެ ފޮތެއް ކަމަށް ކަނޑައަޅައިފައިވާ ފޮތެކެވެ. އޭނާ މަރާލުމަށް އާޔަތުއްﷲ ޚުމައިނީ ވަނީ 1989 ވަނަ އަހަރު ފަތުވާ ނެރެފައެވެ. ހިޒްބުއްﷲ އިން ވެސް ވަނީ މި ފަތުވާ ތާއީދުކޮށްފައެވެ.
އިންޑިޔާއަށް އުފަން އުމުރުން 77 އަހަރުގެ ރުޝްދީ މިދިޔަ އަހަރު ވަނީ "ނައިފް" ގެ ނަމުގައި ފޮތެއް ނެރެ، މި ހަމަލާގެ ވާހަކަ ހިމަނާފައެވެ.
ސަލްމާން ރުޝްދީގެ "ދަ ސެޓެނިކް ވާސަސް" ފޮތާ ގުޅިގެން އިރާނުން ނެރުނު މަރުގެ ފަތުވާ އާ ގުޅިގެން އޭނާ ފުރަތަމަ 10 އަހަރު ހޭދަކުރީ ލަންޑަނުގައި ފިލައިގެންނެވެ. ނަމަވެސް އޭގެ ފަހުން ވޭތުވެދިޔަ 20 އަހަރު އޭނާ އުޅުނީ އެމެރިކާގެ ނިއުޔޯކުގައެވެ.
ސަލްމާން ރުޝްދީއަށް ދިން ހަމަލާގެ ޝަރީޢަތް ފެށިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ