އައްޑޫގައި މީހަކު ރަހީނުކުރުން: ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ޖަހައިފި

އައްޑޫ ސިޓީގައި މީހަކު ރަހީނުކުރުމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދު މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ސ. ހިތަދޫ / ވިޝަން ޑްރީމް، ސަމާހު ތައުފީޤު (20 އަހަރު)، ސ. ހިތަދޫ / ގްރޭސް، މުހައްމަދު ޔައީޝް އަޒާދު (19 އަހަރު)، ސ. ހިތަދޫ / ނޫތަރި، އަޝްރަފް މުހައްމަދު (22 އަހަރު)، އަދި ސ. ހިތަދޫ / މެރީ ގާޑަން، އަލީ މާޒިން ހަސަން (20 އަހަރު) އެވެ. މީގެ އިތުރުން 15 އަހަރުގެ ކުއްޖަކުވެސް ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ސަމާހު ތައުފީޤު އަދި އަޝްރަފް މުހައްމަދު 15 ދުވަހަށް، އަދި މުހައްމަދު ޔައީޝް އަޒާދު އާއި އަލީ މާޒިން ހަސަން ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް އޭނާގެ އާއިލާއާ ވަނީ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހްގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ