މޯލްޑިވްސް ފުޑް ކާނިވަލްގެ ޕްރިމިއަމް ސްޕޮންސަރަކަށް ދިރާގު
މޯލްޑިވްސް ފުޑް ކާނިވަލް 2025ގެ ޕްރިމިއަމް ސްޕޮންސަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގައި ތަފާތު ކާބޯތަކެތީގެ ސްޓޯލްތަކުގެ ބައިވެރިވުން ފެނިގެންދާނެ އެވެ. އަދި މި އިވެންޓް މެދުވެރިކޮށް ދިވެހި ހޯމް-ބޭސްޑް އަދި ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތަކަށް އެއްތަނަކުން އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.މޯލްޑިވްސް ފުޑް ކާނިވަލް ކުރިއަށްދާނީ މިމަހުގެ 25 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަވީރު 4:00 އިން ރޭގަނޑު 11:30 އަށެވެ. މި އަހަރު ފެނިގެންދާނީ މި އިވެންޓްގެ ތިން ވަނަ އެޑިޝަނެވެ. "ވޭތުވެދިޔަ ދެ އަހަރުގެ ކާމިޔާބީއަށް ފަހު، މި އަހަރު ވެސް މޯލްޑިވްސް ފުޑް ކާނިވަލްގެ ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ފަދަ އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް،" ދިރާގުގެ މެނޭޖަރު ބްރޭންޑް އެންޑް އިވެންޓްސް ނާޔާ ޝަރީފް ވިދާޅުވި އެވެ.ދިރާގުން އަންނަނީ މުޖުތަމައުގެ ތެރޭގައި ގުޅުން ވަރުގަދަކޮށް، ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ބާއްވާ އެކި ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ