ރޯދަމަހާ ގުޅިގެން ސަރުކާރުން ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމި މަސްދަޅުކޭސް، ޓޯކަން މެދުވެރިކޮށް ނެގޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ މިކަމަށް ހާއްސަ ޕޯޓަލެއް ހަމަޖައްސާފައެވެ. އެ އިދާރާއިން ބުނީ https://roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ކިއު ނަމްބަރު ނެގޭނޭކަމަށެވެ. ޕޯޓަލްގެ ކިއުއާރު ކޯޑް މެދުވެރިކޮށް ޓޯކަން ނެގޭނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ، މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުން ކުރިއަށް ނުގެންދާގޮތަށް ނިންމާފައެވެ. އެ ވުޒާރާއިްނ މިހާރު ނިންމާފައިވަނީ، މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގެ ކަންކަން ރޭގަނޑު 20:00 ފެށިގެން 00:00 ނިޔަލަށް ކުރިއަށް ގެންދާށެވެ. ހުރިހާ ގޭބިސީތަކަށް މަސްދަޅު ލިބެންދެން، މަސްދަޅު ދޫކުރާނޭކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
Advertisement
- މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން
- އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން
- ހެންވޭރު ދަނޑު: 100 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން
- ސޯޝަލް ސެންޓަރު : 100 ޓޯކަން
- ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން
- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން
- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން
- ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން
- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން
މަސްދަޅުކޭސް ބަލާ އަންނައިރު އެ އަންނަ ފަރާތެއްގެ އައިޑީކާޑާއި ވޭތުވެދިޔަ ތިން މަސްދުވަހުގެ ކަރަންޓްބިލް ގެންނަންޖެހެއެވެ.
ޓޯކަން މެދުވެރިކޮށް މަސްދަޅުކޭސް ނެގޭނޭ އިންތިޒާމް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ