ސިޔާސީ ޕާޓީން ވަކިކުރުމުން އެ ޕާޓީއެއްގެ ސްލޮޓެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރަމުންދާ މެންބަރުގެ ގޮނޑި ގެއްލޭގޮތަށް ފާސްކުރި އިސްލާހު ހިމެނޭހެން، ގާނޫނުއަސާސީ އަށް މިފަހުން ގެނައި އިސްލާހުތައް ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިން،" މިއަދު 'އެކްސް'ގައި އޭނާ ލިޔުއްވިއެވެ.
މީގެ ކުރިން 'އެކްސް'ގައި އަލީ ލިޔުއްވިގޮތުގައި، މަޖިލީހުގެ މެންބަރުންގެ މިނިވަންކަން ކަށަވަރުވެފައި އޮތުމަކީ ގާނޫނުއަސާސީގެ އެއް އަސާސީ ސިފައަކަށް ވުމާ އެކު، މެންބަރުންގެ މިނިވަންކަން ގެއްލޭގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުން ގާނޫނުއަސާސީއާ ހިލާފުވާނެއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ތިރީގައިވާ ތިން ހާލަތަކުން ކުރެ އެއް ހާލަތެއް މެދުވެރިވެއްޖެ ނަމަ މަޖިލީހަށް އިންތިހާބުވާ މެންބަރުން ވަކިވާނެއެވެ. އެއީ:
ކޮމިޓީ މަރުހަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ މެންބަރުން ވަކިކުރުމުގެ ބާރު އެ ދާއިރާއެއްގެ ރައްޔިތުންނަށް ލިބޭގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް ކޮމިޓީން ނިންމީ އެ އިސްލާހު ބޭރުކޮށްލުމަށެވެ. އޭގެ ފަހުން ވެސް މީކާއީލް މި އިސްލާހު ހުށަހެޅުމުން، މަޖިލީހުން ވަނީ މި އިސްލާހު ބޭރުކޮށްލައިފައެވެ.
އެހެންވެ އެ އިސްލާހު ނުހިމަނާ ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ފެންނަ ކަމަށް، މަޖިލީހުން ފާސްކުރިއެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާނެވެ.
ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭ އިސްލާހުގެ އިތުރުން، ގާނޫނުއަސާސީ އަށް ޝާހިދު ދެން ހުށަހެޅުއްވި ބައެއް އިސްލާހުތަކަކީ:
އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އިސްލާހު ތަސްދީގު ވެސް ކުރައްވައިފައެވެ.
މެންބަރުކަން ގެއްލޭ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ