ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރުކޮށްފި
ހުޅުމާލެ ރީތިގަސް މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން، މަޑުނުކޮށް ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސައި ޒަހަމުކޮށްލި މީހަކު ހައްޔަރު ކޮށްފި އެވެ.ފުލުހުން ބުނީ ރޭ 22:42ހާއިރު ރީތިގަސް މަގުން ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހަކު ބުނުމުން މަޑުނުކޮށް ދާން މަސައްކަތް ކޮށްފައިވާ ކަމަށެވެ.އެ ސައިކަލު ހުއްޓުވަން އުޅުމުން ފުލުސް މީހާގެ ގައިގައި ސައިކަލުން ޖައްސައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފިލަން މަސައްކަތް ކުރުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ، މިލްކުރާގެ، އަޙުމަދު ޝާހީން ޝަހީދު ،18، އެވެ. އެ ޒުވާނާގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.އެ ހާދިސާއާ ގުޅިގެން ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ