ކޮންމެ ސެޝަންއެއްގައި ލަކީޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "އެމްއޭސީއެލް ކެރިއާ 2024" ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކެރިއަށް ގައިޑެންސް ޕްރޮގްރާމެއް ފަށައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މިއީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެތަނުގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ ފުރަތަމަ ފެއާ، ޣާޒީ ސްކޫލްގައި ކުރިއަށް ގެންގޮސްފަ އެވެ.މި ފެއާގެ އަމާޒަކީ އޭވިއޭޝަން ދާއިރާގެ އިތުރުން، އެއާޕޯޓް އޮޕަރޭޝަންސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ، ދަރިވަރުންނަށް އެ ކުދިންގެ މުސްތަގުބަލާއި މެދު ވިސްނުންތެރިކަމާއެކު ނިންމުންތައް ނިންމުމަށް އެހީތެރިވުން ކަމަށް އެކުންފުނިން ބުންޏެވެ. މިއަދުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ސީއީއޯއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި ޣާޒީ ސްކޫލްގެ ފަރާތުން، ޕްރިންސިޕަލް ބަޝީރާ މުހައްމަދު އަދި ސްކޫލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.މި ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް ވިދާޅުވީ ޓެކްނިކަލް ގޮތުން ގާބިލު ދިވެހިން ބިނާކުރުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމަށެވެ. އަދި ސްކޫލް މަރުހަލާ ނިންމާ ދަރިވަރުންނަށް އެމްއޭސީއެލް ފަދަ ކުންފުންޏަކުން ހުޅުވިފައިވާ ފުރުސަތުތައް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެން ގިނަ އެއާޕޯޓުތަކާއި ހިލާފަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ވަކި ރަށެއްގައި ހިންގާ އެއާޕޯޓެއްކަން ފާހަގަ ކުރައްވަމުން އެމްޑީ ވިދާޅުވީ މި ރަށަކީ އެއާޕޯޓް އޮޕަރޭޝަންސްގެ އިތުރަށް ވަރަށް ގިނަ މުނިސިޕަލް ހިދުމަތްތަކާއި އެހެނިހެން ދާއިރާތަކެއްވެސް ހުރި ތަނެއް ކަމަށެވެ.އެހެންކަމުން އެމްއޭސީއެލް އަކީ ގިނަ އިންޑަސްޓްރީތަކެއްގައި މަސައްކަތް ކުރުމުގެ މަގު ފަހިވެފައި އޮތް ކުންފުންޏެއް ކަމަށާއި، ކުންފުނީގެ ހުރިހާ ވަޒީފާއެއްގައި ދިވެހިން މަސައްކަތް ކުރަމުންދާތަން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "އެމްއޭސީއެލް ކެރިއާ 2024" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. ކޮންމެ ސެޝަންއެއްގައި ލަކީޑްރޯއެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. މި ލަކީޑްރޯއިން ހޮވޭ 20 ދަރިވަރުންނަށް އެމްއޭސީއެލްގެ މަސައްކަތްތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި ފެއާ ކުރިޔަށްދާ ވަގުތު ގުރުއަތުން ހޮވޭ 10 ދަރިވަރަކަށް ހަދިޔާ ލިބިގެން ދާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އެމްއޭސީއެލް އިން ސްކޫލް ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ