ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަން ކުރައްވައިފިއެވެ.
ހަލީލް އަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގާ ކުންފުނި، ޕަލްސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމް އަދާކުރައްވަމުން ގެންދަވާ އަދި މަންތާ އެއާ އާއި ރިއޯލޯ ކުންފުނީގެ ހިއްސާދާރެކެވެ.
ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަން ކޮށްފައި މި ވަނީ، ބޭރު ފައިސާގެ ގަވާއިދަށް ދާދި ފަހުން ގެނައި އިސްލާހާ އެކު ރިސޯޓްތަކުން ބޭންކްތަކުން ޑޮލަރު މާރު ކުރަންޖެހޭ އުސޫލާ ގުޅިގެން ގިނަ ޓޫރިޒަމް ވިޔަފާރިވެރިން މި އުސޫލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.
ބޭރުފައިސާއާ ބެހޭ ގައިވައިދަށް ގެނައި އިސްލާހަށް މިދިޔަ އޮކްޓޯބަރު މަހުގެ އަމަލުކުރަން ފަށާފަިއވާ އިރު، އެ ގަވައިދުގައިވާ ގޮތުގައި ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ.ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ހެދި ގަވައިދަށް ޕަލްސް ކުންފުނިން ވެސް ވަނީ ދެކޮޅު ހަދާފައެވެ.
ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ އުސޫލު ބަދަލު ނުކުރެވޭނެ ކަމަށާއި އެ އުސޫލަށް ޖެހޭނީ އަމަލު ކުރަން ކަމަށެވެ. ގަވައިދުގައިވާ ގޮތަށް 500 ޑޮލަރު މާރު ކުރައްވަން ޖެހޭނެ ކަމަށާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަކީ ލާޒިމް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެޑްވައިޒަރު ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ