ބީއެމްއެލްއަކީ ޓޫރިޒަމް ދާއިރާގެ މުހިއްމު ބައިވެރިއެއް: މަޓީ

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި އިތުބާރު ހިފޭ ބައިވެރިއެއްކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން ހުސައިން އަފީފް ވިދާޅުވެއްޖެ އެވެ.ދުނިޔޭގެ މާލީ ބާޒާރުތަކުގެ އިންވެސްޓަރުންނާ ބައްދަލުކުރުމަށް ބީއެމްއެލުން ކުރިއަށް ގެންދިޔަ "ނޮން-ޑީލް ރޯޑް ޝޯ"ގެ ބައްދަލުވާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ޓޫރިޒަމްގެ އެއް ބާނީ ވިދާޅުވީ ބޭންކުން ދޫކުރާ މާލީ އެހީގެ ސަބަބުން، އެ ދާއިރާ ފުޅާކުރުމަށާއި އާ ހިދުމަތްތައް ތައާރަފްކުރުމަށް އަދި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ ކަމަށެވެ. "ބޭންކް އޮފް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް މުހިންމު، އިސް ބައިވެރިއެއް. އެ ބޭންކުން ދޫކުރާ ފައިނޭންސިންގެ އެހީގައި މި ސިނާއަތް ފުޅާކުރުމަށާއި، އާ ހިދުމަތްތައް ތައާރަފްކުރުމަށާއި، އަދި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވަނީ މަގުފަހިވެފައި. ފައިނޭންސިންް ހޯދުމަށް އާ މަގުތައް ހޯދުމަށް ބޭންކުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ގާބިލުކަން އިތުރުވެ، ގައުމުގެ އިގުތިޞާދީ ކުރިއެރުމަށް މުހިންމު ހިއްސާއެއް ލިބިގެންދާނެ." މަޓީގެ ޗެއާމަން އަފީފް ވިދާޅުވި އެވެ.ބީއެމްއެލްއިން އަންނަނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ