'ބްލޫ ލެގޫން ލަގްޒަރީ ރެސިޑެންސް'ގެ މަސައްކަތް މިދިޔަ 26 ޖެނުއަރީގައި ފަށައިގެން އެންމެ 3 މަސްދުވަހުގެ ތެރޭގައި، އިމާރާތުގެ ފައުންޑޭޝަނާއި ރާފްޓް ފައުންޑޭޝަންގެ މަސައްކަތް ނިންމައި ބޮޑު ކުރިއެރުމެއް ހޯދައިފި އެވެ.
ރާއްޖޭގައި މިހާތަނަށް އެޅި އެންމެ ބޮޑު އެއް ރާފްޓް ފައުންޑޭޝަން ހިމެނޭ މި މަސައްކަތް މިދިޔަ މަހުގެ 28ގައި ނިމިފައިވުމީ، މި މަޝްރޫއު ހިންގާ ފަރާތްތަކުގެ އިންޖިނިއަރިން ހުނަރާއި މަސައްކަތް ނިންމުމުގެ ގާބިލުކަން ހާމަކޮށްދޭ ކަމެކެވެ.
ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތުގައި ފަންނީ ގޮތުން އެންމެ ގޮންޖެހުން ބޮޑު މަރުހަލާ ކަމަށްވާ ފައުންޑޭޝަންގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިމުމުން، ދެން ހުރި އޮނިގަނޑުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފަ އެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަޝްރޫއު ނިންމުމަށްޓަކައި ބާރުމިނުގައި މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އީދުގެ މުނާސަބަތުގައި ހާއްސަ ހަދިޔާއެއްގެ ގޮތުން ބޭންކުތަކާއި ރިސޯޓުތަކާއި އޫރިދޫ އަދި ދިރާގުގެ މުވައްޒަފުންނަށް އެޕާޓްމަންޓްގެ އަގުން %1ގެ ޑިސްކައުންޓެއް ވަނީ ހަމަޖައްސާފަ އެވެ. މި ފުރުސަތު މި މަހުގެ ނިޔަލަށް އޮންނާނެ އެވެ.
ބްލޫ ލެގޫންގެ ދެ ޓަވަރުން ތަފާތު ސައިޒުތަކުގެ އެޕާޓްމަންޓްތައް ގަންނަން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި 2 ކޮޓަރި (1,035 އިން 1,280 އަކަފޫޓު)ގެ ރެސިޑެންސްތައް 4.2 މިލިއަނާއި 5.11 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބޭނެ އެވެ.
މީގެ އިތުރުން، 5.21 މިލިއަން ރުފިޔާއިން ފެށޭ 2+1 ކޮޓަރި (1,340 އަކަފޫޓު)ގެ އެޕާޓްމަންޓްތަކަކީ ބޭނުންވެއްޖެ ހިނދެއްގައި 3 ކޮޓަރިއަށް ބަދަލުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަންތަނެވެ. އަދި 6.89 މިލިއަން ރުފިޔާއިން ފެށޭ ތިން ކޮޓަރި (1,795 އިން 1,875 އަކަފޫޓު)ގެ ތަނަވަސް އެޕާޓްމަންޓްތަކަކީ، ތިން ފަޅިން މަންޒަރު ފެންނަ ގޮތަށް ބެލްކަނީ ހިމަނައިގެން ހިތްގައިމުކޮށް ފަރުމާކޮށްފައިވާ ތަންތަނެވެ.
މި މަޝްރޫއުގެ ތެރެއިން، ހުޅުމާލޭގެ ލަގްޒަރީ ދިރިއުޅުން އާ ހަރުފަތަކަށް ގެންގޮސްދޭނެ 'ސިގްނޭޗާ' އަދި 'ގްރޭންޑާ' 4+1 ކޮޓަރީގެ އެޕާޓްމަންޓްތައް ވެސް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ. އެގޮތުން، 2,315 އިން 3,150 އަކަފޫޓުގެ މި އަލްޓްރާ-ލަގްޒަރީ ރެސިޑެންސްތަކުގައި އަމިއްލަ ލޮބީ އާއި ވައި ދައުރުވާނެހެން ފަރުމާކޮށްފައިވާ ތަނަވަސް ކޮޓަރިތަކާއި ހިތްގައިމު މަންޒަރުތައް ފެންނަ ބޮޑެތި ޓެރަސްތައް ހިމެނެ އެވެ. މިއީ އާންމުކޮށް ޕެންޓްހައުސްތަކުން ނޫނީ ނުލިބޭނެ ފަދަ މަތީ ފަންތީގެ ތަޖުރިބާއެކެވެ.
ބްލޫ ލެގޫން ފާހަގަކުރެވެނީ ހަމައެކަނި ދިރިއުޅޭ ތަނެއްގެ ގޮތުގައެއް ނޫނެވެ. މި މަޝްރޫއުގައި 35,000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއްގައި ތަފާތު ހިދުމަތްތައް ގާއިމުކުރެވިފައިވެ އެވެ. މީގެ ތެރޭގައި ޖިމް، މުނިފޫހިފިލުވުމުގެ މަރުކަޒު، ތިއޭޓަރު، މަލްޓިޕާޕަސް ހޯލް އަދި ކުދިން ކުޅޭ ސަރަހައްދު ހިމެނޭ ކްލަބްހައުސްއެއް ހިމެނެ އެވެ. އަދި އިމާރާތުގެ އެންމެ މަތީގައި، ރާއްޖޭގެ އެންމެ ބޮޑު ޓެރަސް ގާޑަން (24,000 އަކަފޫޓު) ހުންނާނެ އެވެ. މިތަނުގައި ހިތްފަސޭހަ ބަގީޗާތަކާއި ޖޮގިން ޓްރެކާއި ބޮޑު ސްވިމިން ޕޫލެއް ހިމެނޭއިރު، މިއީ ހަމައެކަނި މިތަނުގައި ދިރިއުޅޭ މީހުންނަށް ހާއްސަ ހިތްފަސޭހަ މާހައުލެކެވެ.
މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށްދާއިރު، އެޕާޓްމަންޓްތައް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އިތުރު މައުލޫމާތު ހޯދުމަށާއި ވާޗުއަލް ރިއަލިޓީ (ވީއާރު) މެދުވެރިކޮށް އެޕާޓްމަންޓްތައް ބަލާލުމަށް ހުޅުމާލޭގައި ހުންނަ ބްލޫ ލެގޫން ސޭލްސް އޮފީހަށް ޒިޔާރަތްކުރުން ނުވަތަ ސޭލްސް ޓީމާ ގުޅަން މި މަޝްރޫއު ހިންގާ ކުންފުނިން އެދެ އެވެ.
'ބްލޫ ލެގޫން' މަޝްރޫއު އިމާރާތްކުރުމުގެ އެންމެ މުހިންމު މަރުހަލާ ނިމިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ