އުރީދޫއިން އާ އަހަރުގެ އޮފާތަކަށް އަނެއްކާވެސް އިތުރު ފުރިހަމަ ކަމެއް ގެނެސް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ 5ޖީ ނެޓްވޯކްގެ ހަލުވި ސްޕީޑުގައި އަންލިމިޓެޑް ޑޭޓާ ހިމެނޭހެން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މުޅިން އައު އެޑް އޮންތަކެއް ތައާރަފް ކޮށްފިއެވެ.
މި ލޯންޗްކުރެވުނު އެޑްއޮން ތަކަކީ:
-ޕަވާސްޕީޑް ޕްރޯ: އެންމެ 125 ރުފިޔާއަށް ހަލުވި ސްޕީޑްގައި އަންލިމިޓެޑް ޑޭޓާ އަދި ކޯލް، 25 ގަޑިއިރަށް
- ޕަވާސްޕީޑް: 25 ޖީބީ ޑޭޓާ އަދި އުރީދޫ ކޯލްތައް އެންމެ 25 ރުފިޔާއަށް، 60 ގަޑިއިރަށް
މި އާ 5ޖީ އެޑް އޮންތަކުގެ އިތުރުން، އުރީދޫ އިން ވަނީ ބޮޑެތި ޑޭޓާ އާއި އެކު މިނޫންވެސް އާ އަހަރުގެ އޮފާތައް ތައާރަފްކޮށްފައިވާކަމަށް އުރޫދީއިން ވަނީ ބުނެފައެވެ
އެގޮތުން ތައާރަފްކޮށްފައިވާ އޮފާތަކަކީ:
- 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ހިމެނޭ އާޗާ ޕްރޕެއިޑް، އުރީދޫ ޑޭޓާ އަދި މަގޭ ޕްލޭންތައް
- 150 ޖީބީ އެންމެ 150 ރުފިޔާއަށް ލިބޭ ބޮޑު ޗުއްޓީ ޕެކް، 5 ދުވަހަށް
- ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކާއި އެކު 12 މަހަށް، 6 މަހަށް އަދި 3 މަހަށް ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތައް
އައު އަހަރާ ގުޅުވައިގެން އުރީދޫ އިން ތައާރަފް ކުރި މި އޮފަާތަކަކީ ޖަނަވަރީ 31، 2025 ގެ ނިޔަލަށް ކުރިއަށް ދާ ހާއްސަ ޕްރޮމޯޝަނެއް ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
5ޖީ ސްޕީޑުގައި އުރީދޫ އިން އާ އަހަރަށް އިތުރު އޮފާތަކެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ