2024 ގެ އައު އަހަރު ފާހަގަކުރުމަށް ބާއްވަން ނިންމި ”ދިވެހިންގެ ރާއްޖެ ފެސްޓިވަލް“ ގެ ރޭގަނޑުގެ ހަރަކާތްތައް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
މިނިސްޓްރީން އާންމު ކުރި ބަޔާނެއްގައި ބުނީ އެ ފެސްޓިވަލްގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ޝައުގުވެރިކަން ލިބިފައިވާކަމަށެވެ. އެކަމަކު މޫސުމާއި ބެހޭ އިދާރާ މެޓް އޮފީހުން ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވާތީ ދިމާވާނެ ދަތިތަކަށް ބަލައި ރޭގަނޑުގެ ހުރިހާ ހަރަކާތެއް ފަސް ކުރުމަށް ނިންމީކަމަށް މިނިސްޓްރީން ބުންޏެވެ.
ރޭގަނޑު ބޭއްވުމަށް ނިންމާފައި ވަނީ މިއުޒިކް ޝޯވ އާއި، ލޭޒާ ޝޯވ އަދި ހަވާ އެރުވުމުވެ.
ޔޫތް މިނިސްޓްރީން ބުނީ މޫސުން ރަނގަޅުވުމުން، ފެސްޓިވަލް ބާއްވާނެ ތާރީހެއް ކަނޑައަޅާނެކަމަށެވެ.
މޫސުން ގޯސްވުމުން މިއުޒިކް ޝޯއާއި، ހަވާއެރުވުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ