އެޕަލް ވޮޗު އަދި ސެމްސަންގް ގެލެކްސީ ވޮޗުތަކަށް އީސިމްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފުކުރި ޓެލެކޮމިއުނިކޭޝަން ކުންފުންޏަކީ އުރީދޫ އެވެ.
މި ހިދުމަތާ އެކު، ކަސްޓަމަރުންނަށް ފޯނު ކައިރީގައި ބެހެއްޓުމަކާ ނުލައި ސީދާ ސްމާޓްވޮޗު މެދުވެރިކޮށް ގުޅޭނެ އެވެ. މި ހިދުމަތުގެ ސަބަބުން އެޕްލް އަދި ސެމްސަންގް ގަޑި މެދުވެރިކޮށް ފަސޭހަކަމާ އެކު ގުޅުމާއި މެސެޖު ކުރުމާއި މިއުޒިކް އަޑުއެހުމާއި ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް އީޖާދީ ކުންފުނީގެ ހައިސިއްޔަތުން، އުރީދޫން އަންނަނީ ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތަކާއި ގުޅިފައިވާ ތަޖުރިބާތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ވޭރަބަލް ޑިވައިސްތަކަށް އީ-ސިމްގެ ހިދުމަތް ތައާރަފުކުރުމަކީ، ސްމާޓް އަދި ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތުގެ އިތުރު ފިޔަވަޅެކެވެ.
މި ހިދުމަތް އެޕަލް ވޮޗު އަދި ސެމްސަންގް ގެލެކްސީ ވޮޗު މޮޑެލްތަކަށް ލިބޭނެ އެވެ. މިއާ އެކު، ކަސްޓަމަރުންނަށް ކަސްރަތު ކުރާއިރު، ދަތުރުމަތީގައި، ބޭރުތެރޭގައި ހަރަކާތްތެރިވާއިރު ނުވަތަ ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ދުވަހުގެ މަސައްކަތްތަކުގައި އިތުރު ފަސޭހަކަމާއި މިނިވަންކަން ލިބިގެންދާނެ އެވެ.
ރާއްޖޭގައި 3ޖީ، 4ޖީ، އަދި 5ޖީ ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި ކުންފުނީގެ ގޮތުގައި އުރީދޫން އަންނަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި އާ އީޖާދުތަކާ އެކު ކުރި ހޯދަމުންނެވެ. ވޭރަބަލް އީސިމްގެ ހިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކުގެ ކުރީ ސަފުގައި އުރީދޫ އޮތްކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެކެވެ.
އެޕަލް ވޮޗުގައި އީސިމް އެކްޓިވޭޓް ކުރުމަށް
ސެމްސަންގް ގެލެކްސީ ވޮޗުގައި އީސިމް އެކްޓިވޭޓް ކުރުމަށް
އުރީދޫ: އެޕަލް އަދި ސެމްސަންގް ވޮޗުތަކަށް އީސިމް ފޯރުކޮށްދިން ފުރަތަމަ ކުންފުނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ