ވ. އަތޮޅު ސަފާރީއަކުން ޑައިވިންއަށް ދިޔަ ފަސް މީހަކު ހޯދަމުންދަނިކޮށް، މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ވީ ކިހިނެއް؟ - އެ ފަސް މީހުން ޑައިވިންއަށް ގޮސް އުޅެނުކޮށް ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ، މިއަދު މެންދުރު 1:45ގަ އެވެ. ނަމަވެސް ފެނުނު އިރު މަރުވެފައިވާކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.
ފުލުހުންގެ ބަސް - " އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުން މިހާރު ފެނިފައިވާއިރު، ފެނުނުއިރު އެންމެންވެސް ވަނީ ނިޔާވެފައި،" ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުންޏެވެ.
މަރުވެފައި ވަނީ ކޮން ޖިންސެއްގެ އަދި ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަމެއް އަދި ނޭނގެ އެވެ. އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ޑައިވިންއަށް ދިޔަ 5 މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ