މޯލްޑިވް ގޭސްއިން ދިހަ ކިލޯގެ ގޭސްފުޅި އަނެއްކާވެސް ވިއްކަން ފަށައިފި

މޯލްޑިވް ގޭސްއިން ދިހަ ކިލޯގެ ގޭސްފުޅި އަނެއްކާވެސް ވިއްކަން ފަށައިފިއެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ވެސް ތެލާއި ގޭސް ލިބުމުގައި ވަނީ ކުރިން ދަތިތަކެއް ކުރިމަތިވެފައެވެ.
އެކަމާ ގުޅިގެން، ގޭހުގެ އާ ޝިޕްމަންޓެއް ލިބެންދެން މޯލްޑިވްސް ގޭސް އިން ވަނީދިހަ ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ފަސް ކިލޯގެ ގޭސް ފުޅި މިދިޔަ ހަފުތާގައި ވިއްކަން ފަށައިފައެވެ.
އެސްޓީއޯ އިން މިއަދު ބުނީ ގޭހުގެ އާ ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން ހައްލުކޮށް މިހާރު ދިހަ ކިލޯގެ ގޭސް ފުޅި މޯލްޑިވްސް ގޭސް އިން ލިބޭނެ ކަމަށެވެ.
އެސްޓީއޯއިން ވަނީ މިދިޔަ ހަފުތާގެ ފަހުކޮޅު ގޭހާއި ތެލުގެ އާ ޝިޕްމަންޓެއް ގެނެސްފައެވެ. އަދި އިތުރު ޝިޕްމަންޓުތައް ގެނައުމުގެ މަސައްކަތް ވެސް އެސްޓީއޯއިން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ