ބީއެމްއެލްއިން އަޅާ ފްލެޓްތަކުން ކުއްޔަށް ނަގާނެ ކަމަށް ލަފާކުރެވެނީ 10،000 ރުފިޔާ: ޝަރީފް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އަޅާ އަގުހެޔޮ ހައުސިން ޔުނިޓުތަކުގެ ކުލި އުޅޭނީ ގާތްގަނޑަކަށް 10،000 ރުފިޔާގައި ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ. މި ސަރުކާރުގެ ''ބޯހިޔާވަހިކަން އެންމެންނަށް'' ސިޔާސަތުގެ ދަށުން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި 1،224 ޔުނިޓު އެޅުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފައެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ރަސްމީކޮށް ފަށައިފައެވެ. އެ މަޝްރޫއާ ގުޅޭ ގޮތުން، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ޝަރީފް ވިދާޅުވީ، ޖުމްލަ 3،260 ހައުސިން ޔުނިޓް އެޅުމަށް އެ ބޭންކުން އިންވެސްޓުކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފުލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމުމަށް ހުރިހާ ކޮންޓްރެކްޓަރުން އެއްބަސްވެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޝަރީފް ވިދާޅުވީ ހައުސިން މިނިސްޓްރީއާއި ބީއެމްއެލް ގުޅިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ، އަގުހެޔޮ ފުލެޓަށް ކަނޑައެޅޭ ކެޓަގަރީގެ މީހުންނަށް، ވީހާވެސް ކުޑަ އަގެއްގައި ބޯހިޔާވެހިކަން ފޯރުކޮށްދިނުން ކަމަށެވެ. އެހެންވެ ލީސް ޓް އޯން މޮޑެލްއަކަށް މި ދަނީވެސް. މާނައަކީ މަހުން މަހަށް ފައިސާ ދައްކަމުން ގޮސްފައި ވަކި ހިސާބަކުން އެ އަމިއްލަ ކުރެވޭ ގޮތަށް. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ޝަރީފް ވިދާޅުވީ އެ ހައުސިން ޔުނިޓްތަކުގެ ކުލި މިހާތަނަށް ނިންމައިފައިނުވާ ކަމަށާއި އެކަން ކުރުމަށް އަދި މާ އަވަސް ކަމަށެވެ. އެހެންނަމަވެސް މިހާރުގެ ހިސާބުތަކަށް ބަލާއިރު، 10،000 ރުފިޔާއަށް ތިން ރޫމްގެ އެޕާޓްމެންޓެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުގެ މާކެޓްގައި ތިން ބެޑްރޫމް އެޕާޓްމެންޓެއްގެ އަގު މި އުޅެނީ 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަގެއްގައި، އެހެންވީމަ ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެ ނޫންތޯ. ދެން އަނެއްކާ އަޅުގަނޑުމެން މުޅިން ވެސް ހަދަމުން މިދަނީ ތިން ރޫމްގެ އެޕާޓްމެންޓްތައް. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ސަރުކާރުން 7،900 ފުލެޓު އިމާރާތް ކުރަން ނިންމައިފައިވެއެވެ. https://sun.mv/219504 ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވަނީ، އޭގެ ތެރެއިން ބީއެމްއެލްއިން އިމާރާތްކުރާ 3،000 ފުލެޓަށް މި ދައުރު ނިމުމުގެ ކުރިން ވަދެވޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ