އިރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާނުލައި ކުރިއަށް ގެންދިއުމަށާއި، އެ ގައުމުގެ ސަރުކާރު ނައްތާލުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބާރުއަޅުއްވަމުންދާ ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، މިއީ މެދުއިރުމަތީގެ މަސްރަހު އަލުން ބައްޓަންކުރުމަށް ލިބޭ "ތާރީހީ ފުރުސަތެއް" ކަމަށް ވަލީއަހުދު ދެކެވަޑައިގަންނަވާ ކަމަށެވެ.
އިރާނަކީ ގަލްފުގެ ސަލާމަތަށް އޮތް ދާއިމީ ނުރައްކަލެއް ކަމަށާއި، އެ ނުރައްކާ ނައްތާލެވޭނީ މިހާރު އޮތް ހަރުކަށި ސަރުކާރު ވައްޓާލައިގެން ކަމަށްވެސް އޭނާ ޓްރަމްޕްގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް، ސައުދީ ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.
ސައުދީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަނގުރާމަ ފެށުމުގެ ކުރިންވެސް އެ ގައުމަކީ އަބަދުވެސް މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދުމަށް ވަކާލާތުކުރާ ގައުމެއް ކަމަށެވެ. އަދި ޓްރަމްޕްގެ ސަރުކާރާއެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށާއި، ސައުދީގެ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށްވެސް ބުނެފައިވެއެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އިރާނަށް ދިން ވަރުގަދަ ހަމަލާތަކަށްފަހުއެވެ.
އެ ހަމަލާތަކުގައި އިރާނުގެ އޭރުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ހިމެނޭހެން 1,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިރާނުން ދަނީ އޭގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފު ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.
އިރާނުގެ ސަރުކާރު ނައްތާލުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ބާރުއަޅުއްވަނީ:ރިޕޯޓް އިރާނުގެ ސަރުކާރު ނައްތާލުމަށް ސައުދީ ވަލީއަހުދު ޓްރަމްޕަށް ބާރުއަޅުއްވަނީ:ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ