ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދުވެފައިވާ އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ އިސްވެރިޔާ، ޢަލީ ލަރިޖާނީގެ ބަދަލުގައި، އެ މަޤާމަށް އިރާނުގެ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ކުރީގެ ކޮމާންޑަރު އަދި ސިޔާސީ ލީޑަަރު، މުޙައްމަދު ބާޤިރު ޛުލްޤަދުރު ޢައްޔަނުކޮށްފިއެވެ. އެ މަޤާމަށް ޛުލްޤަދުރު ޢައްޔަނުކޮށްފައިވާ ކަން އީރާނުގެ ރިޔާސީ ގަނޑުވަރުން ވަނީ ކަށަވަރުކޮޮށްދީފައެވެ.
އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޒިންމާތަކުގެ ތެރޭގައި ޤައުމުގެ ސަލާމަތީ ކަންކަމާއި ޚާރިޖީ ސިޔާސަތު ވިލަރެސްކުރުން ހިމެނެއެވެ. އެ މަޖިލީހުގައި އެ ޤައުމުގެ އެންމެ މަތީ އަސްކަރީ ވެރިންނާއި ޖާސޫސީ ދާއިރާގެ އެންމެ އިސް ބޭފުޅުންނާއި ސަރުކާރުގެ މަތީ ވެރިން ތިއްބަވައެވެ. އަދި ޤައުމުގެ ހުރިހާ ކަމެއްގެ މައްޗަށް ބަސް ވިދާޅުވުމުގެ ބާރު ލިބިވަޑައިގެންފައިވާ އެ ޤައުމުގެ ރޫޙީ ވެރިޔާގެ މަންދޫބުން ވެސް ތިއްބަވައެވެ.
ޛުލްޤަދުރު މީގެ ކުރިން ވަނީ އީރާނުގެ ސަރުކާރުގައި ޤައުމުގެ ސަލާމަތާބެހޭ މުހިންމު މަޤާމުތައް ފުރުއްވައިފައެވެ. އެ ގޮތުން ދާޚިލީ ވުޒާރާގައި ސަލާމަތާބެހޭ ނައިބުގެ މަޤާމުގެ އިތުރުން ހަތިޔާރުއެޅި ފައުޖުގެ އިސް މަޤާމުތައް ހިމެނެއެވެ. އަދި ކުށްކުރުން ހުއްޓުވުމާ ގުޅޭގޮތުން ޖުޑިޝަރީގެ އިސްވެރިޔާއަށް ލަފާއަރުވާ މުޝީރުގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ. 2022ވަނަ އަހަރުން ފެށިގެން ޛުލްޤަދުރު ހުންނެވީ އީރާނުގެ ޤާނޫނުހަދާ މަޖިލީހާއި ބެލެނިވެރި މަޖިލީހާދެމެދު އުފެދޭ ޚިޔާލުތަފާތުވުންތައް ޙައްލުކުރާ ކައުންސިލްގެ ސެކެޓްރީގެ މަޤާމުގައެވެ.
އީރާނުގެ ސަލާމަތީ މަޖިލީހުގެ އިސްވެރިޔާގެ މަޤާމަށް މުޙައްމަދު ބާޤިރު ޛުލްޤަދުުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ