މި އަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ވަނީ އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހުޅުވާލާ، އިނާމު ދޭނެ އުސޫލު އާންމުކޮށްފަ އެވެ.
ތަފްސީލް - މި އަހަރުގެ އިނާމަށް ނަން ހުށަހެޅޭނީ ރައީސް އޮފީހުގެ ފޯމު ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އެކަންޏެވެ. ނަން ހުށަހަޅާއިރު ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހެޅުމަށް ސަމާލުވުމަށް ގައުމީ އިނާމާ ބެހޭ ކޮމެޓީން އިލްތިމާސްކުރެ އެވެ.
މި އަހަރު ވެސް 39 ދާއިރާއަކުން އިނާމަށް ނަން ހުށަހެޅޭނެ އެވެ. އިނާމަށް އަމިއްލަ ގޮތުން ވެސް އަދި އެހެން މީހެއްގެ ނަން ހުށަހަޅަން ބޭނުންވާ ނަމަ ވެސް ނަން ހުށަހެޅޭނެ އެވެ.
މީގެ އިތުރުން ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުންނާއި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ވެސް ހުށަހެޅޭނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭނެ އެވެ.
ގައުމީ އިނާމު ދިނުމުގައި ވަކި ފަރުދުންގެ ހިދުމަތުގެ މުއްދަތު ގުނާނީ އެ މީހެއްގެ އުމުރުން 18 އަހަރު ފުރުމަށްފަހުގައި ކުރާ ހިދުމަތަށެވެ. އެގޮތުން:
ދެ ގިންތި އަކުން ގައުމީ އިނާމު ދޭނެ
އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމް
މި އިނާމު ދޭނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ