ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް އިދިކީލި ވިސްނުން ނުވައްދަން މުއިއްޒު އެދިވަޑައިގެންފި ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް އިދިކީލި ވިސްނުން ނުވައްދަން މުއިއްޒު އެދިވަޑައިގެންފި

ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް އިދިކީލަ ވިސްނުން ވައްދަން ފުރުސަތު ނުދިނުމަށް މުހައްމަދު މުއިއްޒު އިއްޔެ އެދިވަޑައިގެންފި އެވެ.
ޕީއެންސީން ކައުންސިލް އިންތިހާބާ ގުޅިގެން ބޭއްވި ކެމްޕެއިން ހަރަކާތެއްގައި މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައްޔިތުންނާއި ސަރުކާރާ ދޭތެރޭ ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ނުދީ، އެދޭތެރެއަށް އިދިކީލަ ވިސްނުންތައް ވައްދަން ވެސް ފުރުސަތު ނުދިނުމަށް އެދެވިޑައިގަންނަވާ ކަމަށެވެ.
މި ސަރުކާރު އޮތީ ރައްޔިތުންގެ ފަޅީގައިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ވިންދާ އިހުސާސްތައް ގާތުން ދެނެގަނެ، އެއާ އެއްގޮތަށް ކަންކަން ކުރާ ސަރުކާރެއް ކަމަށެވެ.
"ރައްޔިތުންނާއި ސަރުކާރާ ދޭތެރެއަށް އިދިކީލަ ވިސްނުންތަކެއް ނުވައްދަވާށޭ. ވައްދަން ފުރުސަތު ނުދެއްވާށޭ. ސިޔާސީ ސަކަރާތް ޖެހުމަށް، ސިޔާސީ ޖަގަޑާ ހެދުމަށް އެކި ކަހަލަ ގޮތްގޮތުން ރައްޔިތުންނާއި ސަރުކާރާ ދޭތެރޭ ހުރަސްތަކެއް ކުރިމަތިވާނެ ފުރުސަތު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ނުދެއްވާށޭ. މި ސަރުކާރު މިއޮތީ ރައްޔިތުންނާ އެކީގައޭ," މުއިއްޒު ވިދާޅުވި އެވެ.
"މި ސަރުކާރަކީ ރައްޔިތުންގެ ފަޅީގައި އޮތް ސަރުކާރު. ރައްޔިތުންނާ އެކުގައި އޮތް ސަރުކާރު. ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ވިންދާ އިހުސާސްތައް ގާތުން ދެނެގަނެ، އެއާ އެއްގޮތަށް ކަންކަން ކުރާ ސަރުކާރު."
މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ކައުންސިލަށް ވައްދަންވާނީ އެކަންކަމަށް ބާރުއަޅައިދީ މަގުފަހިކޮށްދޭ ބަޔަކު ކަމަށެވެ.
މިގޮތުން ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅައި، ތަރައްގީ މަޑުޖައްސާލާ ބަޔަކު ކައުންސިލަށް ނުގެންނަން މުއިއްޒު އެދިވަޑައިގެންނެވި އެވެ.
އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނަކީ އިސްލާމް ދީނާ ހިލާފު ފިކުރު ފަތުރާ ބައެއްގެ ގޮތުގައި މުއިއްޒު ކުރިން ސިފަކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ