ހުޅުމާލޭގައި ހުންނަ ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކަކަށް މުސާރަނުދީގެން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ.
ރިވެލި ބީޗް ރެސްޓޯރެންޓު ކުރިމަތީގައި ކުރިއަށްގެންދިޔަ އެ އިހުތިޖާޖާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، މުސާރައާ ގުޅޭ ކަންބޮޑުވުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާ ކަމުގެ މައުލޫމާތު، މިއަދު 15:50 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސް، މުވައްޒަފުންނާއި މެނޭޖްމަންޓާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، އެ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާ ކަމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކަށް މިހާރު ވެސް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ގާނޫނީ އުސޫލުތަކުގެ ތެރެއިން ހައްލުކުރުމަށް ފުލުހުން އެ ފަރާތްތަކަށް ވާނީ އިރުޝާދު ދީފައި ކަމަށާއި އަދި އަމަންއަމާންކަން ދެމެހެއްޓުމަށާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަަމަށެވެ.
އިހުތިޖާޖު ކުރުމުގައި އެއްވެސް ހަމަނުޖެހުމެއް ނުވަތަ ގާނޫނާ ހިލާފު ކަމެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ރެސްޓޯރެންޓެއްގެ މުވައްޒަފުންތަކަކަށް މުސާރަނުދީގެން ހުޅުމާލޭގައި އިހުތިޖާޖެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ