ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްތަކެއް: މެޓް އޮފީސް

ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްތަކެއް ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
އެއްވެސް ވަރަކަށް ވާރޭނުވެހި، އިހުސާސްކުރެވޭ ހޫނުމިން މަތި ދުވަސްތަކަކަށްފަހު، ރާއްޖެއަށް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވުނުނަމަވެސް، ފިނިހޫނުމިން އަދިވެސް މަތިވެދާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނެފައިވަނީ، ކުރިއަށް ދެތިން ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށެވެ.
އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށް ވުމާއެކު، މި މަހުގެ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ފިނިހޫނުމިނާ ގުޅޭ މައުލޫމާތު އާންމުކުރަން އެ އިދާރާއިން ވަނީ ނިންމާފައެވެ. އެހެންކަމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސްޓޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ފިނިހޫނުމިން އާންމުކުރަމުން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ