އޭދަފުށީގެ އަލޫފް އާއި އަހްނަފް ރިވައިވަލް ހައި ޕާފޯމަންސް ޓީމަށް އޭދަފުށީގެ އަލޫފް އާއި އަހްނަފް ރިވައިވަލް ހައި ޕާފޯމަންސް ޓީމަށް

ރިވައިވަލް ސްޕޯޓްސް އިން ބ. އޭދަފުށީގެ ހުނަރުވެރި ދެ ކުޅުންތެރިން ކަމަށްވާ، މުހައްމަދު އަލޫފް ރިފާއު އާއި އަހުމަދު އަހްނަފް މުހައްމަދު އަފްލަހު، އެ ކްލަބްގެ ހައި ޕަފޯމަންސް ސްކޮޑުގައި ހިމަނައިފި އެވެ.
ރިވައިވަލް ސްޕޯޓްސް އިން 17 އަހަރުގެ، އަލޫފް އާއި އަހްނަފަށް ރިވައިވަލް ސްޕޯޓްސްގެ ފުލް ޓައިމް ހައި ޕާފޯމަންސް ކޮންޓްރެކްޓް ދީފައިވާއިރު، އެ ކުުޅުންތެރިންނަށް މުސްތަގުބަލަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ.
އަލޫފް އާއި އަހްނަފްގެ ފަރާތުން ރިވައިވަލް ސްޕޯޓްސް އިން ބޭނުންވާ ކުޅިވަރުގެ އަހުލާގާއި ޓްރެއިނިންގެ ކަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުޅުންތެރިންގެ ޓްރެއިނިންގެ ކަންކަން ކުރިއަށްދާނީ އޭދަފުށީގައި ގާއިމްވެފައިވާ ރިވައިވަލް ސްޕޯޓްސް އޭދަފުށީގެ ކޯޗިން ޓީމާ އެކުގައި ކަމަށް ރިވައިވަލް ސްޕޯޓްސް އިން ވަނީ ބުނެފަ އެވެ.
ރިިވައިވަލް ސްޕޯޓްސް އިން ބުނީ، އަލޫފާއި އަހުނަފަށް ދީފައިވާ މި ފުރުސަތަކީ، ބެޑްމިންޓަނުން ކުރިއަށް ގޮސް އެ ކުޅުންތެރިން ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހުޅުވިފައިވާ ދޮރެއް ކަމަށެވެ. އަދި، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ކުރިއަށް އޮތްތަނުގައި އަލޫފް އާއި އަހްނަފަށް ތަނަވަސްކޮށްދިނުމަކީ، ރިވައިވަލް ސްޕޯޓްސްގެ ވެސް އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ