ޓޫރިސްޓުން އައި އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 9.6 ޕަސެންޓް އިތުރުވެއްޖެ ދުވާލަކު 7،000 ޓޫރިސްޓުން: މި އަހަރުގެ ފެށުން ރަނގަޅު ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހަކަށް ޑިސެމްބަރު ވެއްޖެ ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ދެމެހެއްޓެ

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 5.6 ޕަސަންޓު އިތުރުވެ، އެއް ދުވަހާ ރާއްޖެއަށް އަންނަ މީހުންގެ އަދަދު ރެކޯޑު މިންވަރަކަށް މައްޗަށް ޖެހިލައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޯމަ ދުވަހު އެކަނި ވެސް 10،462 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ. މިއީ އެއް ދުވަސް ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އައި ދުވަސް ކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ.
މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ތިން ދުވަހެއްގެ މައްޗަށް 10،000 އަށްވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފައެވެ. އޭގެ ތެރޭގައި ފެބްރުއަރީ 1 ވަނަ ދުވަހު 10،253 މީހުން އަދި ފެބްރުއަރީ 7 ވަނަ ދުވަހު 10،056 މީހުން އައިސްފައިވެއެވެ. ނަމަވެސް މި އަދަދުތައް މުގުރާލައި، އައު ރެކޯޑެއް ހަދާފައިވަނީ 10،462 ޓޫރިސްޓުންނާ އެކުގައެވެ.
މިއަހަރުގެ މިހާތަނަށް ބަލާއިރު ޖުމްލަ 296،589 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 279،915 މީހުންނާ އަޅާކިޔާއިރު 5.6 ޕަސަންޓުގެ ކުރިއެރުމެކެވެ. ހަމައެކަނި ފެބްރުއަރީ މަހަށް ބަލާލި ކަމުގައި ވިޔަސް، 70،801 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 8.8 ޕަސަންޓުގެ އިތުރުވުމެކެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖެއަށް 2.4 މިލިއަން ޓޫރިސްޓުން އަންނާނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ހިދުމަތްތައް ފުޅާވުމާއެކު، ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވެ، މިކަމުގެ ހެޔޮ އަސަރު މިއަހަރު ފެންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިވަގުތު ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 909 ގެސްޓްހައުސް އަދި 169 ސަފާރީ ދަނީ އޮޕަރޭޓް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ