އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލުމުގެ ސަބަބުން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހިތަދޫ އަބޫހެރަ ހިއްކާފައިވާ ސަރަހައްދުގައި ކަމަށާއި، މިކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5:00 ޖަހާކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިހާރު އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ކާރު ދުއްވަން އިން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.
އައްޑޫގައި ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ