އީރާނުގެ ބެލިސްޓިކް މިސައިލްތަކެއް އަންނާތީވެ، އިސްރާއީލް އެލާޓްގައި

އީރާނުގެ ބެލަސްޓިކް މިސައިލްތަކެއް އިސްރާއީލާ ދިމާލަށް މިސްރާބު ޖަހާފައިވާތީވެ، އެކަމަށް ސަމާލުވުމަށް އިސްރާއީލްގެ އަސްކަރިއްޔާއިން އިލްތިމާސްކޮށްފިއެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ، އަށްގަޑިއިރުގެ މެދުކެނޑުމަކަށްފަހު އީރާނުން އަނެއްކާވެސް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާކަމަށެވެ. އީރާނުން ފޮނުވާލީ ބެލަސްޓިކް މިސައިލްތަކެއްކަމަށް އިސްރާއީލް ޑިފެންސް ފޯސް، އައިޑީއެފުން ވަނީ ބުނެފައެވެ.
އިސްރާއީލްގެ އަސްކަރިއްޔާއިން ބުނީ، ކުރިއަށް އޮތް މަދު މިނެޓުކޮޅެއްގެ ތެރޭގައި އިސްރާއީލްގެ ދެކުނުގެ ސަރަހައްދުތަކުގައި ނުރައްކަލުގެ އިންޒާރުގެ ރަނގަބީލު (ސައިރަން) އަޅަން ފަށާނޭކަމަށެވެ. އީރާނުން މި ދޭން ފެށި ހަމަލާތައް އިސްރާއީލްގެ އަސްކަރީ ރޭޑާރުތަކަށް ދެނެގަނެވިފައިވާކަމަށް އައިޑީއެފުން ވަނީ ބުނެފައެވެ.
އީރާނުގެ އެންމެބޮޑު ތެއޮ ކާރުހާނާއަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން އީރާނުން ވަނީ އެ ހަމަލާގެ ބަދަލު ހިތި ގޮތަކަށް ހިފާނޭކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ