ވިލިނގިލީގައި އެމްއެންޔޫގެ ކެމްޕަހެއް ތަރައްގީކުރަން ހަވާލުކޮށްފި

ރައީސްގެ މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބަސްތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގެ ތިން ސަރަޙައްދެއްގައި ލޭންގުއޭޖް ސްކޫލްތައް ޤާއިމުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ސްކޫލްތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީ، އައްޑޫ ސިޓީ އަދި ލ. ފޮނަދޫ ގައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ ޒުވާނުން އުފެއްދުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ