ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ "ބީއެމްއެލް އެފޯޑަބަލް
ހައުސިން މަޝްރޫޢު" ގެ ތެރެއިން 1،224 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފިއެވެ.
މި ޔުނިޓްތަކުގެ ބިންގާ އަޅާފައިވަނީ އެކަމަށްޓަކައި މިރޭ ފޭސް ތިނެއްގައި ބޭއްވި ރަސްމިއްޔާތުގައެވެ. ޔުނިޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ބީއެމްއެލް ހައުސިން ޔުނިޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިންގާއެޅުނު މި 1،224 ހައުސިން ޔުނިޓަކީ، ބޭންކް އޮފް
މޯލްޑިވްސް މެދުވެރިކޮށް ބިނާކުރާ، 3،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ ޔުނިޓްތަކެކެވެ. މި މަޝްރޫޢުގެ މަގްސަދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މި ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްގެންދަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެންނެވެ.
މިނިސްޓަރު މުއްތަލިބް.. ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވީ، ބިންގާއެޅުނު މި ޔުނިޓްތައް ދެވިގެންދާނީ ރެންޓް އޯން މޮޑެލްގެ ދަށުން، ބޭންކް ތެރެއިން އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދެވޭ ފުރުސަތެއްގެ ގޮތުގައިކަމަށެވެ. މީގެ ތެރެއިން ތިން ކޮޓަރި ހިމެނޭ މި ހައުސިންގ ޔުނިޓަކީ ސޯޝަލް ހައުސިންގ ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭނެ ޔުނިޓްތަކެއް ކަމަށެވެ.
މި ޔުނިޓްތައް ދެވިގެންދާނީ ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޭންކު ތެރެއިން އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދެވޭ ފުރުސަތެއްގެ ގޮތުގަ. ކުލި ދައްކާ ދިރިއުޅޭ ބާކީ މުއްދަތަކުން އަމިއްލަ ކުރެވޭ އުސޫލުން
ހައުސިން މިނިސްޓަރު މުއްތަލިބް
މި ޔުނިޓްތަކަކީ މިހާރު ކުރިއަށްދާ އާއިލީ ބޯހިޔާވަހިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ދަށުން އާމްދަނީ ލިބޭ އަދި ބޯހިޔާވަހިކަން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބީއެމްއެލުން އިމާރާތްކުރާ މި ޔުނިޓްތައް އެޅުމަށް ނިންމާފައިވަނީ ހުޅުމާލެ ފޭސް 3 ގެ އިތުރުން ފޭސް އެކެއްގައެވެ.
ސަރުކާރުންމިހާރުވެސް ވަނީ ހެޔޮ އަގުގަ ބޯހިޔާވަހިކަން ގަންނަން ލިބޭނެ ފަދަ މަޝްރޫޢު ފެށުމަށް އިއުލާނުކޮށްފައެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އާއިލީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް މި މަޝްރޫޢުގެ ތެރެއިން ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވިގެންދާނޭކަމަށް ސަރުކާރުން ބުނެއެވެ.
ބީއެމްއެލުން ހުޅުމާލޭގައި ތަރައްޤީކުރާ 1،224 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ