ބީއެމްއެލުން އަޅާ އަގުހެޔޮ 1224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގައި އިމާރާތްކުރާ ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއުގެ 1،224 ޔުނިޓުގެ ބިންގާ އަޅައިފި އެވެ.މާލެ ސަރަހައްދުގައި ޖުމުލަ 3،200 ފްލެޓް ބީއެމްއެލުން އަޅާއިރު މިރޭ ބިންގާ އެޅީ، ޗައިނާ މެޝިނަރީ އިިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރި 1،224 އެފޯޑަބަލް ހައުސިން ޔުނިޓްގެ މަޝްރޫއެވެ.މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވައިލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންް ސްކީމް (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ހިންގާ މަޝްރޫއެކެވެ.ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް ހިންގާ އެ މަޝްރޫއު ހަވާލުކޮށްފައިވާ ސީއެމްއީސީއަކީ އެފަދަ މަޝްރޫއުތަކުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށާއި އެ މަސައްކަތަށް މުއްދަތަށް ނިންމާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި މަޝްރޫއު ހަވާލުކޮށްފައި ވަނީ 2028 ގެ މެދު ތެރޭގައި ނިންމައި ހަވާލުކުރަންޖެހޭ ގޮތަށެވެ. ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެންވަރު ރަނގަޅުކޮށް އަދި ވަގުތަށް ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ