އިސްތިއުމާރީ އިސްރާއީލުގެ ދެކުނުގައި އޮންނަ ދިމޯނާ ސިޓީއަށް 24 ގަޑިއިރު ތެރޭގައި ފަސް ވަނަ ފަހަރަށް އީރާނުގެ މިސައިލް ހަމަލާއެއް އަމާޒުވެ، މަދުވެގެން 39 މީހަކަށް އަނިޔާވެއްޖެއެވެ.
ދިމޯނާއަކީ އިސްރާއީލުގެ ނިއުކްލިއާ ފެސިލިޓީ ހުންނަ، ވަރަށް ވަރުގަދައަށް ހިމާޔަތްކޮށްފައިވާ ސިޓީއެކެވެ.
މި ހަމަލާތަކުގައި ތިން ބުރީގެ އިމާރާތެއް ހިމެނޭ ގޮތަށް އެކި ތަންތަނަށް މިސައިލް އަމާޒުވެ، އެ އިމާރާތް ވަނީ އެއްކޮށް ވެއްޓިފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެއެވެ.
އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ އިސްރާއީލުން އީރާނުގެ ނަތަންޒް ނިއުކްލިއާ މުއްސަނދިކުރުމުގެ ފެސިލިޓީއަށް ދިން ހަމަލާގެ ރައްދެއްގެ ގޮތުގައެވެ.
ދިމޯނާއަށް ދިން ހަމަލާގައި އިޒްރާއިލްގެ ނިއުކްލިއާ ފެސިލިޓީއަށް ގެއްލުމެއް ވެފައިނުވާކަމަށާއި، ރޭޑިއޭޝަންގެ އަސަރެއް ނެތްކަމަށް އައިއޭއީއޭއިން މައުލޫމާތު ދީފައިވެއެވެ.
އީރާނުގެ މިސައިލް ހަމަލާއެއް އިސްރާއީލުގެ ނިއުކްލިއާ ފެސިލިޓީ ހުންނަ ދިމޯނާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ