އުރީދޫއިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ސައި ހަދިޔާކޮށްފި

މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި، އުރީދޫ މޯލްޑިވްސްގެ ފަރާތުން މާލެ އާއި ހުޅުމާލޭގައި އާންމުންނަށް އީދު ސައި ހަދިޔާކޮށްފިއެވެ.
މި ސައި ބާއްވާފައި ވަނީ ޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދަށްފަހު މާލޭގެ ކިންގް ސަލްމާން މިސްކިތް ކުރިމަތީގަޔާއި، ހުޅުމާލޭގެ ގްރޭންޑް މިސްކިތް (މަސްޖިދުއްޝައިޚް ގާސިމް ބިން އާލް-ޘާނީ) ސަރަހައްދުގައެވެ.
އޫރިީދޫއިން ބުނީ، މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފިތުރު އީދުގެ އުފާވެރި މުނާސަބަތުގައި އާއިލާއާއި ރައްޓެހިންނާއެކު އެއްތަނަކުން ބައްދަލުވެ، އުފާވެރި މާހައުލެއްގައި އީދު ދުވަހުގެ ނާސްތާ ކުރުމުގެ ފުރުސަތު އާންމުންނަށް ފަހިކޮށްދިނުން ކަމަށެވެ.
މި ހަރަކާތުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނޭހެން ގިނަ އަދަދެއްގެ އާންމުން ބައިވެރިވެ، އީދުގެ ތަހުނިޔާ ބަދަލުކޮށްފައިވެއެވެ.
މީގެ ކުރިންވެސް އީދު ދުވަސްތަކާއި ގުޅިގެން އުރީދޫއިން އާއްމުންނަށް ޢީދު ސައި ދީފައިވެއެވެ.
އަދި ޢީދާއި ގުޅިގެން ތަފާތު އެކި އޮފާސްތައްވެސް އުރީދޫއިން ވަނީ ތަޢާރަފް ކޮށްފައެޗެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ