ފިތުރު ޒަކާތުގެ ރުފިޔާއިން ފަލަސްތީނު ރައްޔިތުންނަށް ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފި
މިއަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، އޭގެތެރެއިން ފަސް ލައްކަ ރުފިޔާ ފަލަސްތީނަށް ހަދިޔާކޮށްފިއެވެ. ޒަކާތު ހައުސްއިން ބުނީ، އެ ފައިސާ ހަދިޔާކުރީ، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. މިގޮތުން، ފަސް ލައްކަ ރުފިޔާ ޒަކާތު ހައުސްއިން ވަނީ ރޭ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފައެވެ. ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީވުމަށް ސޯޝަލް މިނިސްޓްރީގެ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 423,749 ރުފިޔާ ރޭ އެ މިނިސްޓްރީއާ ވެސް ޒަކާތު ހައުސްއިން ވަނީ ހަވާލުކޮށްފައެވެ. ފާހަގަކުރެވޭ ގޮތުގައި، މެދުކެނޑުމެއްނެތި އިސްރާއިލުން އައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ގެއްލުމެއް ވަނީ ލިބިފައެވެ. މި ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެސް ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ