ފަޅުކޮށް އޮންނަ ލަންކާގެ މައްޓަލަ އެއާޕޯޓަކީ, އެމިރޭޓްސް އާއި ގަރަތު ކަހަލަ ބޮޑު އެއާލައިނެއްގެ ބެކްޕް ޕްލޭނަކަށް ހަދަން އެގައުމުގެ އޮފިޝަލުން މާކެޓިން ފަށައިފިއެވެ.
ދަތުރުފަތުރެއް ނެތި ހުސްކޮށް އޮންނަ މައްޓަލަ އެއާޕޯޓަކީ 'ގޯސްޓް އެއާޕޯޓް' ގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ އެއާޕޯޓެކެވެ.
ރާޖަޕަކްސަގެ ވެރިކަމުގައި ހެދި އެ އެއާޕޯޓަށް ޖައްސާނެ ފްލައިޓެއް ނެތި ހުސްކަމެއްގައި އޮއްވާ, މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ އެއާލައިންތަކުގެ ދަތުރުފަތުރަށް ބުރޫއަރާފައި ވަނިކޮށް އޭވިއޭޝަން ދާއިރާގެ އޮފިޝަލުން ފެށި މާކެޓިން ހަރަކާތާއެކު އެ ހިޔާލު މިހާރުވަނީ ވައިގައި ހިފައި ގަރަތާއި އެމިރޭޓްސްގެ ވެރިންގެ ސަމާލުކަން ލިބިފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން, ލަންކާގެ ބައެއް އޮފިޝަލުންގެ ހުށަހެޅުމާމެދު އެ އެއާލައިންތަކުން މިހާރު ވަނީ ވިސްނަން ފަށާފައެވެ.
3500 މީޓަރު ރަންވޭއެއް އޮންނަ ބޮޑު އެއާޕޯޓަކީ, މައި ހަބެއްގެ ގޮތުގައި ހެދުމަށް ކެމްޕެއިނެއް ފަށާފައި ވާއިރު އެއީ ދުނިޔޭގެ އިރުން ހުޅަނގަށް ދަތުރުކުރާ އެއާލައިންތަކުގެ މެދުގައި އޮންނަ އެންމެ ފަސޭހަ މަންޒިލަކީ އެއީ ކަމަށް މީޑިއާ ރިޕޯޓުތަކުގައި މިހާރު ވަނީ ފާހަގަ ކުރަން ފަށާފައެވެ.
ރާއްޖެ އަކީވެސް އެހާމެ ފަސޭހަ މަންޒިލެއްގެ ގޮތުގައި ހަމަ އެމިންވަރުގައި އޮތް ތަނެއް ނަމަވެސް ރާއްޖޭގެ އޮފިޝަލުން މިފަދަ ކެމްޕޭނެއް ކުރާކަން އަދި އެނގިފައެއް ނުވެއެވެ. ބައިނަލްއަގުވާމީ އެއްވެސް މީޑިއާއެއްގައި ރާއްޖޭގެ އެއާޕޯޓުގެ ވާހަކަ ދައްކަމުން ނުދާއިރު, އީރާނު ހަނގުރާމައާއިހެދި ރާއްޖެއަށް އަންނަ އެތައް އެއާލައިނެއްގެ އެތައް ބައިވަރު ފްލައިޓްތަކެއް ދަނީ ކެންސަލްވަމުންނެވެ.
އެރައިވަލް ދަށްވެ އިގުތިސޯދަށް ލޮޅުން އަރަމުން އަންނަ އިރު, ރާއްޖޭގެ އޮފިޝަލުން ބުނެފައި ވަނީ އިތުރު މަންޒިލްތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ލަންކާއަށް 2022 ގައި ދިމާވި އިގްތިސޯދީ ހީނަރުކަމަށް ފަހު އަރައިގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މިދަނޑިވަޅުގައި މައްޓަލަ އެއާޕޯޓުގެ ކެމްޕެއިން ކާމިޔާބު ވެއްޖެ ނަމަ އެއީ ލަންކާއަށް ލިބޭނެ 'ރަންބިސް އަޅާ ކުކުޅަށް' ވާނެ ކަމަށް މުރާސިލުން ބުނެއެވެ.
މެދުއިރުމަތީގެ ފްލައިޓްތަކުގެ ހަބަކަށް ލަންކާގެ 'ގޯސްޓް އެއާޕޯޓް' ހަދަން މާކެޓް ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ