ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު'ގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ސްޕޯޓްސް ޕާކް ތަރައްގީކުރަނީ ހުޅުމާޅޭ ފޭސް އެކެއްގައި ހުންނަ ފިޔަވައްޗާ އިންވެގެން އޮންނަ ބިމުގައި ކަމަށެވެ. އިއްޔެ ހަވީރު އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ޕާކުގެ ބިންގާ އަޅާފައެވެ. އެޗްޑީސީއިން ބުނީ މި ސްޕޯޓްސް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަމާއި، ކުޅިވަރުކުޅޭނެ ތަންތަންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ގާއިމްކުރާ ޕާކެެއް ކަމަށެވެ. ފޭސް އެކެއްގައި ގާއިމްކުރާ 'ސްޕޯޓްސް ޕާކު' ގެ އަމަލީ މަސައްކަތް ފަށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ މި މަޝްރޫއުގެ ދަށުން އެ ޕާކުގައި ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓެއްގެ އިތުރުން ހާފް ބާސްކެޓް ކޯޓަކާއި ޕާކިން ޒޯނެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައިކަމަށް އެޗްޑީސީއިން ބުނެއެވެ. އެޗްޑީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް މި މަޝްރޫއު އެއްކޮށް ނިންމާލުން ކަމަށެވެ. އެކި ކުޅިވަރުތަކަށް ހާއްސަ ދަނޑުތައް ހިމެނޭ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އެޗްޑީސީން ވަރަށް ފަހުން ވަނީ ކުޅިވަރު އެކުވެންޏެއް ވެސް ތަރައްގީކޮށް އާންމުންނަށް ހުޅުވައިލައިފައެވެ. https://sun.mv/219777 މި މަޝްރޫއުތަކަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ކުޅިވަރަށް އިސްކަން ދީގެން އެޗްޑީސީން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކެއް ކަމަށް އެޗްޑީސީއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ