ޒިކުރާ މިސްކިތް ހުރި ބިމުގައި ބިނާކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި

ޒިކުރާ މިސްކިތުގެ ބިމުގައި ހަދާފައިވާ ވަގުތީ އިމާރާތް ތަޅާލައި، އެ ބިމުގައި ބޮޑު އަދި އެންމެ ޒަމާނީ އާ މިސްކިތެއް އިމާރާތް ކުރުމަށްޓަކައި މިރޭ ބިންގާ އަޅައިފި އެވެ. މި ކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.އަމިއްލަ ފަރާތެއްގެ އެހީތެރިކަމާ އެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ. މި މިސްކިތް ވާނީ މާލެ ސަރަޙައްދުގައި އަޅާ ޖާގަ ތަނަވަސް، 1،500 މީހުންގެ ޖާގައިގެ މިސްކިތަކަށެވެ.މި މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ